އިއުލާނު: ޤައުމީ މަޖްލިސް ޤަރާރު ނަމްބަރު 1/2011 އަށް ޢަމަލުކުރުމާއި ބެހޭގޮތުން ކުރެވިފައިވާ އިއުލާނުގައި ކަނޑައެޅިފައިވާ ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ނަންތައް ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމާއި ބެހޭ

MDP/2011-03
25 ފެބްރުއަރީ 2011

އެމްޑީޕީ ސެކްރެޓޭރިއަޓުގެ، 24 ފެބްރުއަރީ 2011ގައި ނެރެވުނު އިއުލާނު ނަންބަރު MDP/2011-02 އާއި ހަވާލާދީ ދަންނަވަމެވެ.

މިއިއުލާނުގައި، ދާއިރާތަކުގެ ރައީސުން އެދާއިރާތަކުގެ ހިންގާ ކޮމިޓީތަކާއި މަޝްވަރާކުރުމަށްފަހު އެދާއިރާތަކާއި ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްތަކަށް ރައީސުންނާއި ނައިބު ރައީސުންކަމަށް ފެނިވަޑައިގަންނަވާ ބޭފުޅުންގެ ނަންތައް އެމްޑީޕީގެ ސެކްރެޓޭރިއަޓަށް ހުށަހެޅުމަށް ދެންނެވިފައިވާ އެންމެ ފަހު ގަޑިއަކީ 25 ފެބުރުއަރީ 2011ވާ ހުކުރު ދުވަހުގެ 18:00އާއި ހަމައަށެވެ.

ނަމަވެސް އެކި ދާއިރާތަކުން މިކަމަމުގެ މުއްދަތު އިތުރުކުރުމަށް އެދެމުން ދާތީ ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންގެ ނަންތައް އެމްޑީޕީ ސެކްރެޓޭރިއަޓަށް ހުށަހެޅުމުގެ އެންމެ ފަހުގަޑިއަކީ 25 ފެބްރުއަރީ 2011ވާ ހުކުރު ދުވަހުގެ ރޭގަނޑު 12:00 ކަމުގައި ހަމަޖައްސައި އެކަން އިއުލާނުކުރީމެވެ.