އިއުލާނު: ޤައުމީ މަޖްލިސް ޤަރާރު ނަމްބަރު 1/2011 އަށް ޢަމަލުކުރުމާއި ބެހޭ

MDP/2011-02
24 ފެބްރުއަރީ 2011

22 ފެބްރުއަރީ 2011 ގައި ބޭއްވުނު އެމް.ޑީ.ޕީގެ 87 ވަނަ ޤައުމީ މަޖްލީސް އިން ފާސްކުރި ޤަރާރާއި ބެހޭ ގޮތުން ދަންނަވަމެވެ.

މި ޤަރާރަށް ޢަމަލު ކުރުމަށް ލިބިފައިވާ ވަގުތު ކުޑަވުމުގެ ސަބަބުން، ގަރާރު ތަމްފީޒުކުރުމަށް އެހީތެރި ވުމުގެ ގޮތުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލް ކުރުމަށް ފެންނަ ކަމުގައި ދެންނެވީމެވެ.

1- ރަށު ކައުންސިލްތަކަށް ރައީސުންނާއި އާއި ނައިބު ރައީސުން ގޮތުގައި ހަމަޖައްސަން ޕާޓީއަށްފެންނަ ކައުންސިލަރުންނަކީ ކޮބާކަން އޮޅުންފިލުވާ ހާމަކުރުމަށްޓަކައި އެދާއިރާއެއްގެ ރައީސް އެދާއިރާއެއްގެ ދާއިރާ މަޖިލިހުގެ މަޝްވަރާ ހޯދަން ވާނެއެވެ. އަދި މިގޮތަށް މަޝްވަރާ ހޯއްދެވުމަށް ފަހު ނިންމެވި ނިންމެވުން މިޕާޓީގެ މައި ސެކްރިޓޭރއަޓަށް 25 ފެބްރުއަރީ 2011 ވާ ހުކުރުދުވަހުގެ 18:00 ގެ ކުރިން އެންގެވުމުން ޕާޓީ ވެބްސައިޓްގައި ހާމަކުރެވޭނެއެވެ. މި ދެންނެވި މަޝްވަރާ ހޯދާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ ދާއިރާގެ ރައީސްއެވެ.

މިސާލަކަށް އިންތިޚާބީ ދާއިރާއެއްގައި އެކުލެވޭ ރަށު ކައުންސިލްތަކުގެ ރައީސުންނާއި ނައިބުރައީސުން ކަޑައެޅުމުގައި ޕާޓީގެފަރާތުން ލަފާ ދޭނީ ހަމައެކަނި އެދާއިރާއެއްގެ ދާއިރާ މަޖިލިހުގެ މަޝްވަރާގެ ދަށުންނެވެ.

2- އަތޮޅާއި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުންންގޮތުގައި ހަމަޖައްސަން ޕާޓީއަށް ފެންނަ ކައުންސިލަރުންނަކީ ކޮބައިކަން އޮޅުންފިލުވާ ހާމަކުރުމަށްޓަކައި އެއަތޮޅެއް، ނުވަތަ އެސިޓީއެއް ގައި އެކުލެވޭ އިންތިޚާބީ ދާއިރާތަކުގެ ރައީސުން ފުރަތަމަ އެދާއިރާމަޖިލިހަކަށް ފެންނަ ގޮތް އޮޅުންފިލުވާނީއެވެ. އެއަށްފަހު އެއަތޮޅެއް، ނުވަތަ ސިޓީއެއްގައި އެކުލެވޭ އެހެން އިންތިޚާބީ ދާއިރާތަކުގެ އަޣުލަބިއްޔަތު ހަމަވާ ދާއިރާ ރައީސުންގެ ބައްދަލުވުމަކަށް ބަސްކީ ދާއިރާތަކުގެ ފިކުރުތައް ހުށަހެޅުމަށްފަހު ނިންމާ ނިންމުން މިޕާޓީގެ މައި ސެކްރިޓޭރިއަޓަށް 25 ފެބްރުއަރީ 2011 ވާ ހުކުރުދުވަހުގެ 18:00 ގެ ކުރިން އެންގެވުމުން ޕާޓީ ވެބްސައިޓްގައި ހާމަކުރެވޭނެއެވެ. މި ދެންނެވި މަޝްވަރާ ހޯދާ ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓާނީ އެ އަތޮޅު ނުވަތަ ސިޓީ ކައުންސިލަށް ނިސްބަތްވާ އިންތިޚާބީ ދާއިރާތަކުގެ ރައީސުންގެ މެދުގައި ނެގޭ ވޯޓަކުންނެވެ.

3- އިސްވެ ދެންނެވުނު ތަރުތީބުން ރަށު ކައުންސިލްތަކާއި އަތޮޅު، އަދި ސިޓީކައުންސިލްތައް އެކުލެވޭގޮތަށް ޕާޓީގެ ގުނަންތަކުން ބަހެއް ނުކިޔާނަމަ ބެލެވޭނީ އެދާއިރާއަކުން ދެކެނީ އެދާއިރާއިން އިންތިޚާބު ކުރި ޕާޓީ މެމްބަރުންނަށް ގޮތެއް ކަނޑައެޅުމަށް “ފްރީ ވިޕް” އުސޫލުން ދޫކޮށްލީކަމަށެވެ.