އަޙްމަދު ޝަރީފް ހ.ދުނބުރިމާގެ އާގެ، އެމް.ޑީ.ޕީ އާ ގުޅިއްޖެ
އަޙްމަދު ޝަރީފް ހ.ދުނބުރިމާގެ އާގެ
އަޙްމަދު ޝަރީފް ހ.ދުނބުރިމާގެ އާގެ

ލޯކަލް ކައުންސިލް އިންތިޚާބު 2011 ގައި މާލެ – މެދު ހެންވޭރު ދާއިރާގައި ޖުމްހޫރީ ޕާޓީ ތަމްސީލް ކުރެއްވި ހ.ދުނބުރިމާގެ އާގެ އަލްފާޟިލް އަޙްމަދު ޝަރީފް 23 ފެބްރުއަރީ 2011 ވަނަ ދުވަހު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ އާގުޅި އެޕާޓީގެ މެމްބަރޝިޕް ފޯމް ފުރުއްވައި އެ ފޯމްގައި ސޮއިކުރައްވައިފިއެވެ. ޢިލްމީ ގޮތުންނާއި، ފަންނީ ގޮތުން ކުރިއެރުން ހޯދާފައިވާ އަލްފާޟިލް އަޙްމަދު ޝަރީފް އެމް.ޑީ.ޕީ އާ ގުޅި ވަޑައިގަތުމަށްފަހު މޯލްޑިވިއަން ޑިމޮކްރެޓިވް ޕާޓީއާއި، އެޕާޓީގެ ސިޔާސަތުގެ ދަށުން ދިވެހި ޤައުމަށް ކުރިއެރުން ގެނެސްދިނުމަށްޓަކައި އިޚްލާސްތެރި ކަމާއިއެކު ޤައުމީ ރޫޙްގައި މަސައްކަތް ކުރައްވާނެކަމަށް އަލްފާޟިލް އަޙްމަދު ޝަރީފް ވިދާޅުވެއެވެ.

އަލްފާޟިލް އަޙްމަދު ޝަރީފް އެމް.ޑ.ޕީ އާ ގުޅިވަޑައިގެންނެވި މިޙާލަތުގައި އަޙްމަދު ޝަރީފް ފަދަ ޤާބިލް ބޭފުޅެއް އެމް.ޑީ.ޕީ އާ ގުޅިވަޑައިގަތުމުން އެކަން އެއީ ޕާޓިއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ޕާޓީގެ ސެކްރެޓޭރިއޭޓުން ޤަބޫލް ކުރައްވާ ކަމަށާއި އެކަމާއި މެދު މުޅި ޕާޓީވެސް އުފާކުރާކަމަށް ޕާޓީގެ ސެކްރެޓޭރިއޭޓުން ހާމަކޮށް އަޙްމަދު ޝަރީފަށް ތަހުނިޔާއާއި، މުބާރިކުބާދީ އަރިސްކޮށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވަމެވެ.

އަދި އަލްފާޟިލް އަޙްމަދު ޝަރީފް އެމް.ޑީ.ޕީގެ މެމްބަރަކަށްވުން އެއީ އެބޭފުޅުންނަށް ނުހަނު މަތިވެރި ދަރަޖައަކަށް އުފާލިބިވަޑައިގެންނެވި ކަމެއްކަން ހާމަކުރައްވަމުން ޕާޓީގެ ލީޑަރ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް މުހައްމަދު ނަޝީދުއާއި ޕާޓީގެ ޗެއަރޕާސަން އާއި، ޕާޓިގެ ނައީބު ރައީސް އާއި، ޕާޓީގެ ޕާލިމެންޓްރީ ގްރޫޕްގެ ރައީސްއާއި، ޕާޓީގެ އިސްފަރާތަކަށް ލިބިވަޑައިގެންނެވި ނުހަނު މަތިވެރި އުފަލެއްކަމުގައި ހާމަކުރައްވައި އަލްފާޟިލް މުޙައްމަދު ޝަރީފަށް މަރުޙަބާ ވިދާޅުވެ ތަހުނިޔާ ރައްދު ކުރައްވައެވެ.