އެމް.ޑީ.ޕީގެ ސެކްރެޓެރީޖެނެރަލްގެ ނައިބު އިސްތިއުފާ ދެއްވުން.

22 ފެބްރުއަރީ 2011 ގައި އެމް.ޑީ.ޕީގެ ސެކްރެޓެރީ ޖެނެރަލް ގެ ނައީބު އިސްތިއުފާ ދެއްވައިފިއެވެ. ސެކްރެޓެރީ ޖެނެރަލްގެ ނައިބު އަލްފާޞިލް މުޙައްމަދު އިމްތިޔާޒް (އިންތި) އަކީ މި ޕާޓީއަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކޮއްދެއްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން މި ޕާޓީގެ މެމްބަރޝިޕްގެ ކަންތަކާ މުޙައްމަދު އިމްތިޔާޒް ހަވާލުވެ މެމްބަރޝިޕަށް ވަރަށް ބޮޑެތި ކުރިއެރުންތަށް ގެނެސްދެއްވާފައި ވެއެވެ. ސެކެރެޓެރީ ޖެނެރަލްގެ ނައީބުގެ މަޤާމަށް މުޙައްމަދު އިމްތިޔާޒް ހަވާލުވެ ވަޑައިގެންފައިވަނީ ޑިސެންބަރ 2009 ގައެވެ. މުހައްމަދު އިމްތިޔާޒް މަޤާމުން އިސްތިއުފާ ދެއްވާފައި ވަނީ ޕާޓީގެ އެތެރޭގެ އިންތިޚާބު ގައި ބައިވެރިވެވަޑައި ގެންނެވޭނީ އެއްވެސް މަޤާމެއް އަދާ ނުކުރާ ބޭފުޅުން ކަމަށް 22 ފެބްރުއަރީ 2011 ގައި ބޭއްވި ގައުމީ މަޖިލީހުން ފާސްވުމާ ގުޅިގެންނެވެ.