އެމްޑީޕީ ގައުމީ މަޖިލީހުގެ 87 ވަނަ ބައްދަލުވުން މިއަދު ބާއްވައިފި

img_4650

ގައުމީ މަޖިލީހުގެ 87 ވަނަ ބައްދަލުވުން މިއަދު ވަނީ ބާއްވާފައެވެ. މި ބައްދަލުވުމުގައި ގައުމީ މަޖިލީހުގެ މެންބަރު އަސްލަމް ޝާކިރު ހުށައެޅުއްވި ގަރާރު ގައުމީ މަޖިލީހުގެ މެންބަރު މުހައްމަދު ތޯރިޤުގެ އިސްލާހާއި އެކު 45 މެންބަރުން ހާޒިރުވެ 28 މެންބަރުގެ ވޯޓާއި އެކު ވަނީ ފާސްވެފައެވެ. މި ގަރާރު ވަނީ “ލޯކަލް ކައުންސިލް އިންތިހާބުގައި، އެކިއެކި ދާއިރާތަކަށް ހޮވުނު މިޕާޓީ ތަމްސީލް ކުރާ ކައުންސިލަރުން ގެތެރެއިން އެދާއިރާތަކުގެ ރަށުކައުންސިލް، އަތޮޅު ކައުންސިލް އަދި ސިޓީކައުންސިލްތަކުގެ ރައީސުންނާއި، ނައިބުރައީސުން ކަނޑައެޅުމުގައި ކައުންސިލަރުން ވޯޓުދޭނެ ގޮތެއް ނިންމާނީ އެދާއިރާއެއްގެ ދާއިރާ މަޖިލިސްތަކުގެ މަޝްވަރާގެ މަތިން ކަމުގައި އެމްޑީޕީ ޤައުމީ މަޖިލިސް އިގުރާރުވަމެވެ.”