ލޯކަލް އިންތިޚާބުގައި އަމިއްލަ ގޮތުން ބައިވެރިވި ބައެއް ބޭފުޅުން އެމް.ޑީ.ޕީ އަށް ސޮއެކުރައްވައިފި

img_4634-600-x-512

05 ފެބްރުއަރީ 2011 ގައި ބޭއްވި ލޯކަލް އިންތިޚާބުގައި އަމިއްލަގޮތުން ބައިވެރިވެ ރަށުކައުންސިލް ކަމަށް ހޮވުނު ގއ.ކޮނޑޭ ގެ 3 ބޭފުޅުން އެމް.ޑީ.ޕީ އަށް އިއްޔެގެ ވަގުތެއްގައި ސޮއެކުރައްވައިފިއެވެ. އެމް.ޑީ.ޕީއަށް ސޮއެކުރެއްވި ތިން ބޭފުޅުންނަކީ ގއ.ކޮނޑޭ ސުޖާޢު ނާސިރު އާއި މޫސާ އަޙްމަދު ދީދީގެ އިތުރުން އަޙްމަދު އައްބާސްއެވެ.