ޚުދުމުޚްތާރު ވެރިކަމެއް ބަޔަކު ކުރަންޏާ އެބަޔަކަށް ޑީއާރުޕީން ތާއީދު ކުރާނެ – މާފަންނު އުތުރު ދާއިރާގެ މެންބަރު

– ޑީއާރުޕީއަކީ ދުނިޔެއިން ނެތެމުންދާ އަޚްލާގެއްގެ ވެރިބައެއްގެ ގޮތުގައި އިންތި ސިފަކުރެއްވި

އިބްރާހީމް ރާމިޒް

inthi-246-x-292

ޚުދުމުޚްތާރު ވެރިކަމެއް ބަޔަކު ކުރަންޏާ އެ ބަޔަކަށް ޑީއާރުޕީން ތާއީދު ކުރާނޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ (އިންތި) ވިދާޅުވެއްޖެއެވެ.
ރޭ އެދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަޙުމަދު ސަމާހު ރަޝީދުގެ ފަރީދީ ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އިންތި ވިދާޅުވީ ޑީއާރުޕީއާ ޚިލާފަށް އެމްޑީޕީއަކީ ޑިމޮކްރަސީ ނަގަހައްޓާ، އެ ޑިމޮކްރަސީ ދަމަހައްޓާ ބައެއް ކަމަށެވެ. އަދި ޑީއާރުޕީއަކީ ” ދުނިޔެއިން ނެތެމުންދާ އަޚްލާގެއްގެ ވެރި ބައެއް” ގެ ގޮތުގައި ސިފަކުރައްވަމުން އެފަދަ ބަޔަކާ ދެން ދިވެހި ރައްޔިތުން ވެރިކަން ހަވާލުނުކުރާނޭ ކަމަށް އިންތި ވިދާޅުވިއެވެ.
މިހާރު މިސްރުގައި ހިނގަމުންދާ މުޒާހަރާތަކާ ގުޅިގެން ޑީއާރުޕީ ހިމޭނުން އޮންނަކަން ފާހަގަކޮށް، އިންތި ވިދާޅުވީޚުދު މުޚްތަރު ވެރިކަމެއް ކުރާ ކޮންމެ ބަޔަކަށް ޑީއާރުޕީން ތާޢީދުކުރާނޭ ކަމުގައެވެ.
ރޭގެ ޖަލްސާގައި އެމްޑީޕީގެ ރައީސް އިބްރާހީމް ޙުސައިން ޒަކީ އާއި ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީގެ އިތުރުން އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކާއި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަހުމަދު ސަމާހު ވެސް ވާހަކަ ދެއްކެވިއެވެ.