ހދ. ފިނޭ ޒިންމާދާރު ވެރިޔާ އެމްޑީޕީއަށް ސޮއިކުރައްވައިފި

އިބްރާހީމް ރާމިޒް

photo

ރޭ އިރާކޮޅު ހދ. ކުޅުދުއްފުށީ އެމްޑީޕީގެ ކެންޕެއިން ޖަގަހައިގަ ހދ. ފިނޭ ޒިންމާދާރު ވެރިޔާ މުޙައްމަދު ރަޝީދު ( މަޝްހޫރު ރަޝީދު ކަތީބު ) އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
ރަޝީދު ކަތީބު އެމްޑީޕީއަށް ސޮއިކުރެއްވީ ކުޅުދުއްފުށީ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަބްދުލް ޣަފޫރު މޫސާއާއި، މަތިއުތުރު ޕްރޮވިންސްގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ހުނައިފްއާއި، ޤައުމީ މަޖިލީހުގެ ހއ. ކެލާދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު ވިލިމާފަންނު ދާއިރާގެ ނާއިބުރައީސް އަބްދުލް ހަމީދު އަބްދުލް ކަރީމް އަދި އެމްޑީޕީގެ ފިޔަވަޅުއަޅާ ކޮމިޓީގެ މެންބަރު (ފުރަހަނި) ޝުޢައިބު ޢަލީގެ ހާޒިރުގައެވެ.
ހދ. ފިނޭ ރަޝީދު ކަތީބު އެމްޑީޕީއާ ގުޅިވަޑައިގަތީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކޮށްދިނުމަށް ކުރެވެންހުރި ހުރިހާ އެމަސައްކަތް ކޮށްދެއްވުމުގެ ޝައުޤުވެރިކަން ވަރަށްބޮޑަށް އޮތުމުންކަމަށް ސޮއިކުރެއްވުމުގެ ހަފްލާގައި ވިދާޅުވިއެވެ. އަދި ރައީސް ނަޝީދު ރާއްޖޭގެ ތަރައްޤީއަށް ކުރައްވާ ބުރަމަސައްކަތަކީ، ހަޤީގަތުގައިވެސް ރައްޔިތުންނަށްޓަކައި އަދާކޮށްދެއްވާ ވަރަށް ބޮޑު ޤުރުބާނީއެއްކަމަށް ހިތުގެ އަޑިން ރަޝީދު ކަތީބު ޤަބޫލުކުރައްވާތީކަމަށް ވިދާޅުވިއެވެ. މީގެއިތުރުން ދިވެހިރާއްޖެ ޒަމާނީ ރާއްޖެއަކަށް ބަދަލުކުރެވޭނެ ހަމައެކަނި ރައީސްއަކީ، ރައީސް ނަޝީދުކަމަށް ރަޝީދު ކަތީބުޤަބޫލުކުރައްވާތީ އެމަނިކުފާނަށާއި ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއަށް މަސައްކަތް ކޮށްދެއްވުމުގެ ޝައުޤުވެރިކަން ވަރަށްބޮޑުކަމަށް ވިދާޅުވިއެވެ. އަދި މިކަމަށް އެމްޑީޕީގެ އިސްވެރިން ރަޝީދު ކަބީބަށް ދެއްވި ހިތްވަރަށް ޝުކުރުއަދާކުރެއްވިއެވެ.
އެމްޑީޕީއާއި ސަރުކާރުން ރާއްޖޭގެ ތަރައްޤީއަށް ކުރަމުންގެންދާ މަސައްކަތުގައި ވަރަށްގިނަ ރަށްރަށުގެ ކުރީގެ ކަތީބުންނާއި ކަމުވޮށިގެންވާ ބޭބޭފުޅުން އެމްޑީޕީއާއި ގުޅިވަޑައިގެން ލޯކަލްކައުންސިލްގެ އިންތިޚާބު ކާމިޔާބު ކުރުމަށް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްދެއްވާކަން އެމްޑީޕީން ފާހަގަކުރެއެވެ.