ރ.މަޑުއްވަރީ އެމްޑީޕީ ކެމްޕެއިން އޮފީހުގެ ބިއްލޫރިގަނޑު ތަޅާލައިފި

އިބްރާހީމް ރާމިޒް

maduvvari-jagaha-400-x-300

އުތުރު ޕްރޮވިންސްގެ ރ.މަޑުއްވަރީ އެމްޑީޕީ ކެމްޕެއިން އޮފީހުގެ ބިއްލޫރިގަނޑު ބަޔަކު ރޭ ތަޅާލައިފިއެވެ.
މަޑުއްވަރިން އެމްޑީޕީއަށް މައުލޫމާތުދިން މީހަކު ބުނީ އެމްޑީޕީގެ ކެމްޕެއިން އޮފީހުގެ ގޮތުގައި މިހާރު އެރަށުގައި ބޭނުން ކުރަމުންދާ އެރަށު “ނިޔާމަ ސައިބަރ ސްޓޭޝަން” ގެ ބިއްލޫރިގަނޑު ގާބުރިއަކުން ޖަހާ ތަޅާލާފައިވަނީ ރޭ ދަންވަރުގެ ވަގުތެއްގައި ކަމަށާއި، މި ކަން ކުރީ ވަކި މިވެނި ބައެކޭ ދަންނަވަން ދަތި ކަމަށެވެ.
” މި ޖަގަހައިގެ ބިއްލޫރިގަނޑު ތަޅާލީ ކާކުކަން ސީދާ ނޭނގުނު ނަމަވެސް. އެގޭގެ މީހަކު އެއަޑު އިވިގެން ނިކުތް. އޭގެ ކުރިން ސައިކަލެއްގެ އަޑުވެސް އިވުނު. މިކަމެއް ކުރީ ރޭ ދަންވަރު ދޭއް ޖަހާ އެހާކަންހާއިރު. ބޮޑަށް ބެލެވެނީ އެމްޑީޕީގެ މީހުން ލޭހޫނުކޮށް ހަމަނުޖެހުން އުފައްދަން ފުރުސަތު ހޯދަން ވެގެން ކަމަށް މި ކަމެއް މިކުރީ..ސައިކަލެއްގަ އައި ބަޔަކު މިތަނަށް ހަމަލާ ދީފަ ފިލީ ކަމަށް ލަފާކުރެވެނީ.” މަޑުއްވަރިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
ޑީއާރުޕީއާއި އަދިވެސް ސަރުކާރާއި އިދިކޮޅު އެހެން ފަރާތްތަކުން ދަނީ އެމްޑީޕީގެ ޖަގަހަތަކަށާއި ކެމްޕެއިން މެޓީރިއަލްތަކަށް ބޮޑެތި ގެއްލުންތަކެއްދީ އެމްޑީޕީގެ ކެމްޕެއިންނަށް ހުރަސް އަޅަމުންނެވެ. އެގޮތުން މައްޗަންގޮޅި ދެކުނުގައި ރައީސް ދޮރުން ދޮރަށް ހިންގަވަނިކޮށް އެމަނިކުފާނަށް ޑީއާރުޕީގެ ބަޔަކު ވަނީ ހުރަސްއަޅާފައެވެ. އަދި ޑީއާރުޕީގެ ޒައީމްގެ އިސް ތަރުޖަމާނު މުޙައްމަދު ޝަރީފް (މޮންދު) އެރަށަކަށް ނިސްބަތްވާ ނ.މިލަދޫ އިންނާއި، ހދ.ނާވައިދު އިން ވެސް ވަނީ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކުގެ ޓީމުގެ ކެމްޕެއިނަށް އަށް ފާޅުކަންބޮޑު ގޮތެއްގައި ހުރަސް އެޅުމަށް މަސައްކަތްކޮށްފައެވެ.