ރައްޔިތުންނަށް ސަލާމަތްތެރިކަން ނެތި ބިލެތްދޫވެސް އަދި މި ރާއްޖެވެސް ތަރައްޤީ ކުރެވޭނެ ގޮތެއް ނޯންނާނެ – ރައީސް

އިބްރާހީމް ރާމިޒް

ރައްޔިތުންނަށް ސަލާމަތްތެރިކަން ނެތި ބިލެތްދޫވެސް އަދި މި ރާއްޖެވެސް ތަރައްޤީ ކުރެވޭނެ ގޮތެއް ނޯންނާނެ ކަމަށާއި، ރައްޔިތުންނަށް ސަލާމަތްތެރިކަން ލިބޭނީ، ރައްޔިތުންގެ ތެރެއިން ނުކުންނަ ސަރުކާރަކުން ހިންގާ ނިޒާމެއްގެ ތެރެއިން، ރައްޔިތުންގެ ބޭނުންތައް ފުއްދޭނެ ގޮތަކަށް ސަރުކާރުގެ ސިޔާސަތު އެކުލަވާލީމާ ކަމުގައި ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުގައި ހިމެނޭ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ދެއްވުމަށާއި، ސަރުކާރުން މިހާރު ހިންގަވާ ޕްރޮޖެކްޓްތަކުގެ މަޢުލޫމާތާއި، ކުރިއަށް ރާއްވަވާފައިވާ އަދި ފެށްޓެވުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ މަޢުލޫމާތު، ނިލަންދެއަތޮޅު އުތުރުބުރި ރައްޔިތުންނާއި، އެ އަތޮޅު ދެކުނުބުރީ ރައްޔިތުންނާ ޙިއްޞާ ކުރެއްވުމަށް، މިއަދު ފެށްޓެވި ދަތުރުފުޅުގައި، ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދުއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވިދާޅުވީ ސަރުކާރުން ހިންގަވާ އިޖްތިމާޢީ ރައްކާތެރިކަމުގެ ޕްރޮގްރާމްގެ އަމާޒަކީ، ރާއްޖޭގެ ތަރައްޤީއަށް މަގުފަހި ކުރެއްވުމަށްޓަކައި، ރައްޔިތުންނަށް ސަލާމަތްތެރިކަން ހޯއްދަވައިދެއްވުން ކަމުގައެވެ.
އީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބިލެއްދޫގެ ތަރައްޤީއަށް ސަރުކާރުން ރާއްވަވާފައިވާ ޕްރޮގްރާމްތަކުގެ މަޢުލޫމާތު ރައްޔިތުންނާ ޙިއްޞާކުރެއްވިއެވެ. މިގޮތުން، މިއަހަރުގެ ތެރޭގައި އެރަށުގައި ޓެލެ-މެޑިސިންގެ ޚިދުމަތް ޤާއިމް ކުރައްވާނެ ކަމށް ވިދާޅުވެ، ބިލެތްދޫ ބަނދަރު ހެދުމުގެ ޚަރަދު މިއަހަރުގެ ބަޖެޓް ހިމެނިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.