ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ މެންދުރުކުރީގެ ބައްދަލުވުން ކުޅުދުއްފުށީގައި ފަށައިފި

kulhudhuffushi-cabinet

ވަޒީރުންގެ މަޖިލީހުގެ މިއަދު ޖަލްސާގެ މެންދުރުކުރީގެ ބައްދަލުވުން މިއަދު ހެނދުނު 10 ޖެހިއިރު ކުޅުދުއްފުށީގައި ފަށްޓައިފިއެވެ. މި ބައްދަލުވުމުގައި ވަޒީރުންގެ އިތުރުން، ބައެއް ސްޓޭޓް މިނިސްޓަރުންނާއި ނައިބުންވެސް ބައިވެރިވެވަޑައިގަންނަވައެވެ. މި ޖަލްސާ ހިނގަމުންދަނީ މަތިއުތުރު ޕްރޮވިންސް އޮފީހުގެ ބޮޑު މުޙަންމަދު ކަލޭފާނު މާލަމުގައެވެ.

މިއަދު ހެނދުނުގެ މި ބައްދަލުވުމުގައި މަޝްވަރާ ކުރައްވަމުން ގެންދަވަނީ، މަތި އުތުރު ޕްރޮވިންސްގައި ހިންގެވުމަށް ސަރުކާރުން ރާއްވަވާފައިވާ މަޝްރޫޢުތަކާ ބެހޭގޮތުންނެވެ.

މިއަދަކީ، މާލެ ފިޔަވައި، ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއްގައި ފުރަތަމަ ފަހަރަށް ކެބިނެޓް ބޭއްވެމުންދާ ދުވަހެވެ. މިއަދަކީ، މިޤައުމުގެވެސް އަދި ސަރުކާރުގެވެސް ތާރީޚުގައި ވަރަށް ޚާއްޞަ ގޮތެއްގައި ފާހަގަކުރެވިގެންދާނޭ ދުވަހެއް ކަމަށް މިދިޔަ ހުކުރު ދުވަހުގެ ހަފްތާގެ ރޭޑިޔޯ ޚިޠާބުގައި ރައީސުލްޖުމްހޫރިއްޔާވަނީ ވިދާޅުވެފައެވެ.