އަރިއަތޮޅުގައި ހަރަކާތްތެރިވި އެމްޑީޕީގެ ކެމްޕެއިންޓީމް އެއަތޮޅުގެ ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފި

އއ.ރަސްދޫއިން އިބްރާހީމް ރާމިޒް

އަރިއަތޮޅުގައި ހަރަކާތްތެރިވި އެމްޑީޕީގެ ކެމްޕެއިން ޓީމް އެއަތޮޅުގެ ތޮއްޑޫ ފިޔަވައި އެހެން ހުރިހާ ރަށަކަށް ޒިޔާރަތްކޮށްފިއެވެ.
މި ޓީމަށް ކަނޑު ގަދަ ވުމުގެ ސަބަބުން ރޭ ތޮއްޑޫއަށް ނުދެވުނު ނަމަވެސް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އެއް ނައިބު ލީޑަރު ކަމަށްވާ އިހަވަންދޫ ދާއިރާގެ މެންބަރު އަހުމަދު އަބްދުﷲ އާއި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ބައިވެރިވެވަޑައިގެންނެވި ފޯރިގަދަ ޖަލްސާއެއް ރޭ ތޮއްޑޫގައި ވަނީ ބާއްވާފައެވެ.
އެމްޑީޕީގެ ކެމްޕެއިން ޓީމް މިއަދު އއ.މަތިވެރި، މާޅޮސް، ބޮޑުފުޅަދޫ، ފެރިދޫ އަދި އުކުޅަހަށް މިއަދު ޒިޔާރަތްކުރިއެވެ. މި ޓީމް އެނބުރި މާލެ ދާނީ މާދަމާގެ ވަގުތެއްގައެވެ.