ތޮއްޑޫގައި އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއް ބާއްވައިފި

އއ.ރަސްދޫއިން އިބްރާހީމް ރާމިޒް

މެދު އުތުރު ޕްރޮވިންސްގެ އއ. ތޮއްޑޫގައި ރޭ އެމްޑީޕީގެ ކެމްޕެއިން ޖަލްސާއެއް ބާއްވައިފިއެވެ.

މިޖަލްސާގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރުން ކަމަށްވާ އަލްހާން ފަހުމީ އަދި އަހުމަދު އަބްދުﷲ ބައިވެރިވެވަޑައިގަތެވެ. މިޖަލްސާއަށް އަރިއަތޮޅުގައި ހަރަކާތްތެރިވަމުންދާ ޕީޖީ ލީޑަރުގެ ޓީމް ތޮއްޑޫއަށް ދާން ފުރިނަމަވެސް ކަނޑު ގަދަވުމުގެ ސަބަބުން މިޓީމް ވަނީ އެނބުރި ރަސްދޫއަށް އައިސްފައެވެ.