ހުޅުމީދޫގައި މިރޭ އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް އޮންނާނެ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަރަށް ޚާއްސަ ޖަލްސާއެއް އައްޑޫ ސިޓީގެ ހުޅުމީދޫގައި އޮންނާނޭ ކަމަށް އެޕާޓީން ބުނެފިއެވެ.
އައްޑޫ ސިޓީގެ އެމްޑީޕީ ކޯރޑިނޭޓަރ އަލީ އަޒުވަރު ވިދާޅުވީ މިރޭ ސ.އަތޮޅު މަދަރުސާގައި ބާއްވާ މި ޖަލްސާ ފެށޭނީ 8.30 ގައި ކަމަށާއި، މި ޖަލްސާގައި ކުރީގެ ފިޝަރީޒް މިނިސްޓަރ ޑރ.ޑީޑީ އާއި އައްޑޫއަށް ނިސްބަތްވާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ބައިވެރިވެވަޑައިގަންނަވާނޭ ކަމަށެވެ.
ރޭ ވެސް އައްޑޫގައި ވަނީ އެމްޑީޕީގެ ވަރަށް ފޯރިގަދަ ޖަލްސާއެއް ބާއްވާފައެވެ. މި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.