އެމްޑީޕީގެ ރީނދޫ ދުވަސް ފާހަގަކުރުން ފެށުމުގެ ޖަލްސާ މިރޭ އާޓިފިޝަލް ބީޗްގައި އޮންނާނެ

އިބްރާހީމް ރާމިޒް

mariya1

އެމް.ޑީ.ޕީގެ ޤައުމީ ހަރަކާތުގެ ދުވަހުގެ ގޮތުގައި ރީނދޫ ކުލައިގެ ދުވަހެއް ފާހަގަކުރުމަށް ހަމަޖެހި، މިހަރަކާތުގެ ދުވަސް ފާހަގަކުރަން ފެށުމުގެ ގޮތުން މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި މިރޭ އާޓިފިޝަލް ބީޗްގައި ޖަލްސާއެއް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް އެޕާޓީން މައުލޫމާތުދީފިއެވެ.

މިކަން ހާމަކޮށް އެމްޑީޕީން ނެރެފައިވާ ނޫސް ބަޔާނެއްގައިވާ ގޮތުން މިރޭ ބާއްވާ ޖަލްސާއަށްފަހު 21 ޖެނުއަރީން ފެށިގެން 22 ޖެނުއަރީ 2011 ގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި އެމްޑީޕީ ކެންޑިޑޭޓުން ޢާއްމުންނާ ބައްދަލުކުރުމުގެ ހަރަކާތްތަކެއް ހިންގާނެއެވެ. މިހަރަކާތުގައި ޕޯސްޓަރު ހިއްޕުމާއި، ފޮއްޗާއި ދިދަ ދެމުމާއި، ރީނދޫ ކުލަލުން ކަހަލަ އިތުރު ކަންތައްތަކެއްވެސް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި ލޮރީ ބުރާއި އަދި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މިހަރަކާތުގެ އެންމެ މުހިއްމު އެއް ބޭނުމަކީ އެމް.ޑީ.ޕީ ކެންޑިޑޭޓުންނާއި އެކު މުޅި ރާއްޖެވާކަން ދައްކާލުންކަމުގައި އެމްޑީޕީގެ ކެމްޕެއިން ތަރުޖަމާނު ޑރ. އަޙްމަދު ޝަހީދު ވަނީ ފާހަގަ ކުރައްވާފައެވެ.

އެމްޑީޕީގެ އިންތިޚާބު ކޮމިޓީން މަޢުލޫމާތުދޭ ގޮތުގައި މި ހަރަކާތުގައި ބައިވެރިވުމަށް އެޕާޓީގެ ހުރިހާ ކެންޑިޑޭޓުންނާއި ދާއިރާތަކުގެ ރައީސުން އެމީހަކު ތަމްސީލުކުރާ ދާއިރާއާއި ރަށަކަށް ދިއުމަށްވަނީ ހަމަޖެހިފައެވެ.