ނަންބަރު: MDP-2011-PR-01
19 ޖެނުއަރީ 2011 (ބުދަ)
އެމް.ޑީ.ޕީގެ ޤައުމީ ހަރަކާތުގެ ދުވަހުގެ ގޮތުގައި ރީނދޫ ކުލައިގެ ދުވަހެއް ފާހަގަކުރުމަށްވަނީ ހަމަޖެހިފައެވެ. މިހަރަކާތުގެ ދުވަސް ފާހަގަކުރަން ފެށުމުގެ ގޮތުން މާލެއާއި ރާއްޖޭގެ ކަންކޮޅުތަކުގައި 20 ޖެނުއަރީ 21:00 ގައި ޖަލްސާއެއް ބާއްވާނެއެވެ.
އަދި 21 ޖެނުއަރީން ފެށިގެން 22 ޖެނުއަރީ 2011 ގެ ނިޔަލަށް މުޅި ރާއްޖޭގެ ހުރިހާ އަތޮޅެއްގެ ހުރިހާ ރަށެއްގައި އެމް.ޑީ.ޕީ ކެންޑިޑޭޓުން ޢާއްމުންނާ ބައްދަލުކުރުމުގެ ހަރަކާތްތަކެއް ހިންގާނެއެވެ. މިހަރަކާތުގައި ޕޯސްޓަރު ހިއްޕުމާއި، ފޮތްޗާއި ދިދަ ދެމުމާއި، ރީދޫ ކުލަލުން ކަހަލަ އިތުރު ކަންތައްތަކެއްވެސް ކުރިއަށް ގެންދެވޭނެއެވެ. މީގެ އިތުރުން، ރާއްޖޭގެ އެކި ރަށްރަށުގައި ލޮރީ ބުރާއި އަދި ކުޑަކުދިންގެ ހަވީރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިހަރަކާތުގެ އެންމެ މުހިއްމު އެއް ބޭނުމަކީ އެމް.ޑީ.ޕީ ކެންޑިޑޭޓުންނާއި އެކު މުޅި ރާއްޖެވާކަން ދައްކާލުންކަމުގައި އެމް.ޑީ.ޕީ ލޯކަލް ކައުންސިލްގެ ތަރުޖަމާނު ޑރ. އަޙްމަދު ޝަހީދު ފާހަގަކުރެއްވިއެވެ.
އެމް.ޑީ.ޕީގެ އިންތިޚާބު ކޮމިޓީން މަޢުލޫމާތުދޭ ގޮތުގައި މި ހަރަކާތުގައި ބައިވެރިވުމަށް އެމް.ޑީ.ޕީގެ ހުރިހާ ކެންޑިޑޭޓުން އެމީހަކު ތަމްސީލުކުރާ ދާއިރާއާއި ރަށަކަށް ދިއުމަށްވަނީ ހަމަޖެހިފައެވެ. އަދި ލޯކަލް ކައުންސިލް އިންތިޚާބަށް އެންމެ 16 ދުވަސްވެފައިވަނިކޮށް މިކަހަލަ ހަރަކާތެއް ހިންގުން މުހިއްމުކަމުގައި ފާހަގަކުރެއެވެ.
ބަޔާން ނެރުނީ: އެމްޑީޕީ ސެކްރެޓޭރިއަޓް