މަހުޖަނުންނަށް ބަރޯސާވެގެން ތާއަބަދު އުޅުމަކީ އަމިއްލަ ޒަމީރު ނަފްސަށް ލަދުވެތިވާނެ ކަމެއް ކަމުގައި ބާރަށު ދާއިރާގެ މެންބަރު ވިދާޅުވެއްޖެ

ދ.މީދޫއިން އިބްރާހީމް ރާމިޒް

މަހުޖަނުންނަށް ބަރޯސާވެގެން ތާއަބަދު އުޅުމަކީ ނަފްސަށް ލަދުވެތިވާން ޖެހޭ ކަމެއް ކަމުގައި ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ. ޝިފާޒް މިހެން ވިދާޅުވީ މިރޭ އެމްޑީޕީން މިރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ވެސް ބައިވެރިވެވަޑައިގެންނެވި މި ޖަލްސާގައި ޝިފާޒް އިތުރަށް ވިދާޅުވީ އާރާއި ނބާރާއި ޝާނާއި ޝައުކަތު އޭރުގެ ރައީސަށް ލިބިވަޑައިގެންފައިވީއިރު ކެމްޕެއިނާ ދިމާކޮށް ހަމައެކަނި ނަމެއްގައި ޑިމޮކްރަސީގެ ވާހަކަދެއްކެވުމުގެ ބަދަލުގައި ރާއްޖެއަށް ފުރިހަމަ ޑިމޮކްރަސީ ނުގެންނެވީ ވެރިކަމުގެ އާރާއި ބާރު ދޫކޮށްލައްވަން ބެނުންފުޅުނުވާތީ ކަމަށެވެ. އަދި ވެރިކަމުގެ ބާރުތައް ރައްޔިތުންގެ އަތްމައްޗަށް ދޫކޮށްލުމަކީ މިހާރުގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ފިޔަވައި އެހެން އެއްވެސް ވެރިޔަކު ކުރައްވަން ބޭނުންފުޅުވި ކަމެއް ނޫން ކަމަށް ޝިފާޒް ވިދާޅުވިއެވެ.
މީގެ ކުރިން ކޮންމެ ރަށަކުން ވެސް ފެނިފައިވަނީ ކޮންމެވެސް އެއްބައެއްގެ ބާރު އެރަށެއްގައި ގަދަވެ، ރައްޔިތުން ނިކަމެތިވެފައިވާތަން ކަމަށް ވިދާޅުވަމުން މަޝްހޫރު ވިޔަފާރިވެރިއެއްގެ ބާރާއި ނުފޫޒް ހިނގަމުންދާ ކަމަށް ބުނާ މިއަތޮޅުގެ އަދި މިރަށުގެ ރައްޔިތުންނާ މުޚާތަބުކޮށް ޝިފާޒް ވިދާޅުވީ “އެސަރަހައްދަކަށް އުފަންވާ ނުވަތަ އެސަރަހައްދެއްގައި ބާރުގަދަ ވިޔަފާރިވެރިއެއްގެ މުއްދަށުގައި އަބަދު އުޅޭކަށް ނުވާނެ. އެއީ އަޅުގަނޑުމެންގެ ޒަމީރު، އަޅގަނޑުމެންގެ ނަފްސަށް ލަދުވެތިވާނެ ކަމެއް.އަޅުގަނޑުމެން މިއަދު މީހެއްގެ ފައިބުޑަށް ވެއްޓިގެން، މީހެއްގެ އަޅުވެތިކަމުގައި ދުވަސްތައް ހޭދަކުރާކަށް ނުޖެހޭނެ. މިސަރުކާރުއައީ އެކަން ނައްތާލަން. ” ކަމަށާއި، މި ސަރުކާރުން އެންމެހާ ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތްކުރާނޭ ކަމަށް ޝިފާޒް ވިދާޅުވިއެވެ.

އިތުރު ތަފްސީލް އަންނަނީ …