އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް މާދަމާރޭ އޭދަފުށީގައި އޮންނާނެ

8 އޭޕްރިލް 2010

އެމްޑީޕީގެ ޚާއްސަ ޖަލްސާ އެއް 9 އެޕްރީލް 2010 ވާ ހުކުރު ދުވަހުގެރޭ ބ. އޭދަފުށީގައި ބޭއްވުމުގެ ތައްޔާރީތައް އެރަށުގައި ވަރަށް ފޯރިއާއެކު ކުރިޔަށް އެބަދެއެވެ.
މިޖަލްސާ އިންތިޒާމްކުރުމުގައި އޭދަފުށީގައި އިސްކޮށް ހަރަކާތްތެރިވާ މަބްރޫކް ނަސީރު ވިދާޅުވީ މި ޖަލްސާއަށް މާލެއާއި އަތޮޅުތެރެއިން ވަދައިގަންނަވާ ބޭފުޅުންނަށް މަރުހަބާ ދެންނެވުމުގެ ތައްޔާރީތަކާއި ބަނދަރު ސަރަހައްދު ޒީނަތްތެރިކުރުމުގެ މަސައްކަތް ވަރަށް ފޯރިއާއެކު ކުރިއަށްދާ ކަމަށާއި، ވަރަށް ޚާއްސަ އިސްކަމެއްދީގެން އޭދަފުށީގައި މުޅިން އަލަށް އިފްތިތާހްކުރާ “އޭދަފުށީ އެމްޑީޕީ އަންހެނުންގެ ގޮފި” އިފްތިތާޙް ކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަމުންދާ ކަމުގައެވެ.
ސަރުކާރުގެ ބައެއް ވުޒާރާތަކުގެ ވެރިންނާއި ގިނަ އަދަދެއްގެ އެމްޑީޕީ ޕާލަމެންޓޭރިއަނުން ބައިވެރިވެ ވަޑައިގަންނަވާ މި ޖަލްސާ އަށް ބ. އަތޮޅުގެ އެކިރަށްރަށުން 500 އަށް ވުރެ ގިނަ މީހުން އޭދަފުއްޓަށް ދާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.