އެމްޑީޕީން މާލެ އަތޮޅުގައި ހަރަކާތްތެރިވާ އެޕާޓީގެ އިސް މެންބަރުންނާ އެކު ބައްދަލުވުމެއް ބާއްވައިފި

7 އެޕްރީލް 2010

kaafu-600-x-450

މިއަންނަ ޖޫން މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީ ކޮންގްރެސް އަށް ތައްޔާރުވުމުގެ ގޮތުން މާލެ އަތޮޅުގައި ހަރަކާތްތެރިވާ އެމްޑީޕީގެ އިސް ހަރަކާތްތެރިންނާއެކު އެޕާޓީން ޚާއްސަ ބައްދަލުވުމެއް ބާއްވައިފިއެވެ.
މިއަދު ހެނދުނު އެމްޑީޕީ ސެކްރެޓޭރިއަޓް ގައި ބޭއްވި މި ބައްދަލުވުމުގައި މާލެ އަތޮޅުގައި ޕާޓީގެ ހަރަކާތްތައް އިތުރުކުރުމުގެ ގޮތުން އާ ކޯޑިނޭޓަރަކު ހޮވުމާއި، ކޮންގްރެސް އަށް ޚާއްސަކޮށްގެން ރަށްރަށުގައި ގޮފިތައް އިތުރު ކުރުމަށް ހިތަވަރުދިނުމުގެ އިތުރުން މިހާރުހުރި ގޮފިތައް އިސްލާހުކޮށް، ހިންގާ ކޮމިޓީތަކުގެ އިންތިޚާބު އަލުން ބާއްވަން ޖެހޭ ގޮފިތަކުގެ ހިންގާ ކޮމިޓީތަކުގެ އިންތިޚާބު ބޭއްވުން އަވަސްކުރުމަށް ބާރުއެޅުނެވެ. އަދި މާލެ އަތޮޅުގައި އެމްޑީޕީގެ މެންބަރޝިޕް ހާލަތު އޮތްގޮތާއި، ޕާޓީ ޕްރޮމޯޓް ކުރުމުގައި ހުރި ހުރަސްތަކާއި ބެހޭގޮތުން ވެސް މިބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ.
ބައްދަލުވުމަށް ހާޒިރުވި މަންދޫބުންގެ ވޯޓޫން މާލެ އަތޮޅުގެ އާ ކޯޑިނޭޓަރަކަށް ހޮވުނީ ކ.ހުރާ ހަނދާން، ހުސައިން ނިޔާޒް އެވެ. ނިޔާޒް އަކީ ހުރާ ދޮންބަންޑާރަ ގޮފީގެ ނައިބު ރައީސް އެވެ.