ކޮމަންޑޫއާއި މާއުނގޫދޫގައި އެމްޑީޕީގެ ކެމްޕެއިން ޖަލްސާ ބާއްވައިފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ ކެމްޕެއިން ޖަލްސާތައް މަތި އުތުރު ޕްރޮވިންސްގެ ށ.ކޮމަންޑޫ އާއި މާއުނގޫދޫގައި ރޭ ބާއްވައިފިއެވެ.
ރޭ ފުރަތަމަ ޖަލްސާ އޮތީ ކޮމަންޑޫ ބަނދަރު ސަރަހައްދުގައެވެ. ކޮމަންޑޫގައި ބޭއްވި މި ޖަލްސާގައި އެމްޑީޕީގެ ޗެއަރޕާސަން މާރިޔާ އަހުމަދު ދީދީއާއި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވާހަކަފުޅު ދެއްކެވިއެވެ. ދެ ބޭފުޅުންގެ ވާހަކަފުޅުގައި ވެސް އެމްޑީޕީއަށް ކައުންސިލް އިންތިޚާބު ކާމިޔާބުކުރުމުގެ މުހިއްމު ކަމާއި ބެހޭ ގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
މާ އުނގޫދޫގައި ރޭ ވަރަށް ފަސްވި ފަހުން ބޭއްވި ޖަލްސާގައި ވެސް މި ދެ ބޭފުޅުން ހަމަ މި މައުޟޫއަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި ކައުންސިލް އިންތިޚާބު ކާމިޔާބު ނުވެއްޖެ ނަމަ ދިމާވާނެ ދަތިތަކާއި، ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ކަންތައްތަކާ ބެހޭ ގޮތުން ވާހަކަ ދެއްކެވިއެވެ.
އެމްޑީޕީގެ މި ޓީމް މިއަދު ށ.އަތޮޅުގެ އިތުރު ރަށްރަށަށް ޒިޔާރަތްކުރައްވާނެއެވެ.