ނ.އަތޮޅުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ވަފްދު މިރޭ ލަންދޫއަށް ދާނެ

އިބްރާހީމް ރާމިޒް

moosa

ނ.އަތޮޅުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ވަފްދުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުން މިރޭ ލަންދޫއަށް ދާނެއެވެ.
މި ޓީމްގެ ބޭފުޅުން މިއަދު ވަނީ ކުޑަފަރީ، ހެނބަދޫ އަދި ކެނދިކުޅުދޫއަށް ވަޑައިގެން އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް އެމްޑީޕީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް މަސައްކަތްކޮށްފައެވެ.
މި ވަފްދު ހަވީރު މާޅެންދޫއަށް ދިއުމަށްފަހު މިރޭ ލަންދޫގައި އޮންނަ ޖަލްސާއަށް އެރަށަށް ދާނެއެވެ.
އެމްޑީޕީގެ ދެ ވަފްދެއް މިއަންނަ ހުކުރު ދުވަހު ވެސް އަތޮޅުތަކަށް ޒިޔާރަތްކުރާނެއެވެ. އެގޮތުން މެދު ދެކުނު ޕްރޮވިންސްގައި ހިމެނޭ ތ އަދި ލ އަތޮޅަށް އެއް ވަފްދު ފުރާއިރު، އަނެއް ވަފްދު ދިއުމަށް ހަމަޖެހިފައިވަނީ އުތުރު ޕްރޮވިންސްގެ ރ.އަތޮޅަށާއި މަތި އުތުރު ޕްރޮވިންސްގެ ށ.އަތޮޅަށް ފުރާނެއެވެ.