ނ.އަތޮޅުގައި ހަރަކާތްތެރިވާ އެމްޑީޕީގެ ވަފްދު އެއަތޮޅުގެ ނުވަ ރަށަކަށް ޒިޔާރަތްކޮށްފި

އިބްރާހީމް ރާމިޒް

1-450-x-297

އުތުރު ޕްރޮވިންސްގެ ނޫނު އަތޮޅުގައި ހަރަކާތްތެރިވަމުންދާ އެމްޑީޕީގެ ކެމްޕެއިން ވަފްދު އެއަތޮޅުގެ 9 ރަށަކަށް މިހާތަނަށް ޒިޔާރަތްކޮށްފިއެވެ.
އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު މޫސާ މަނިކު އިސްކޮށް ހުންނަވައިގެން ނޫނު އަތޮޅަށް ކުރައްވަމުން ގެންދަވާ މިދަތުރުގައި އެޓީމް މިހާތަނަށް ޒިޔާރަތްކުރި ރަށްރަށުގެ ތެރޭގައި، ހޮޅުދޫ، ފޮއްދޫ، ވެލިދޫ، ޅޮހީ، މިލަދޫ، މަގޫދޫ، މަނަދޫ، މާފަރު އަދި މަގޫދޫ ހިމެނެއެވެ. މި ރަށްރަށުން އެމްޑީޕީގެ ޓިކެޓްގައި ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް މިވަފްދު މިރަށްރަށަށްކުރަމުން މިދާ ޒިޔާރަތުގައި އެރަށްރަށުގެ ރައްޔިތުންނާ ބައްދަލުކޮށް، ބައެއް ރަށްރަށުގައި އެމްޑީޕީގެ ކެމްޕެއިން އޮފީސްތަކާއި ޖަގަހަތައް ހުޅުވާފައިވެއެވެ.
މި ވަފްދުގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާ މަނިކުގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ މަނަދޫ ދާއިރާގެ މެންބަރު އަޙުމަދު ޠޯރިޤް އާއި، ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަޙުމަދު އީސާއާއި، ހިންނަވަރު ދާއިރާގެ މެންބަރު އިބްރާހީމް މުޙައްމަދު ޞޯލިޙް، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް އަދި އެމްޑީޕީ ގަލޮޅު ދެކުނު ދާއިރާގެ ރައީސް ހުސައިން އާދަމް (އާދަމްބެ) އެވެ.
މި ވަފްދު މިއަދު ކުޑަފަރީގެ އިތުރުން ހެނބަދޫ، ކެނދިކުޅުދޫ، މާޅެންދޫ އަދި ލަންދޫއަށް ޒިޔާރަތްކުރާނެއެވެ. މިރޭ ޖަލްސާ އޮންނާނީ ލަންދޫގައެވެ.