އެމްޑީޕީގެ ފަރާތުން ބާއްވާ ވަރަށް ޚާއްޞަ ދަރުސެއް މިރޭ އާޓިފިޝަލް ބީޗް ގައި

25 މާރޗް 2010

އެމްޑީޕީގެ އިސްލާމީ މަޝްވަރާ މަޖިލީހުގެ ފަރަތުން ބާއްވާ ވަރަށް ޚާއްޞަ ދިނީ ދަރުސެއް މިރޭ، 25 މާރޗް 2010 ވާ ބުރާސްފަތި ދުވަހުގެ ރޭ އާޓިފިޝަލް ބީޗްގައި އޮންނާނެއެވެ. މިދަރުސަކީ ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނަށް ލޯބި ޖެއްސުމުގެ ގޮތުން އެމްޑީޕީއާއި ޖަމިއްޔަތުލް ޚައިރު ގުޅިގެން ބާއްވާ ޚާއްސަ ދަރުސެކެވެ.
މިރޭ 8.45 ގައި ފަށާ ގޮތަށް ހަމަޖެހިފައިވާ މިދަރުސް އަޑުއެއްސެވުމަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވެ ދެއްވުމަކީ އެމްޑީޕީގެ ވަރަށް ބޮޑު އެދުމެކެވެ.