އެމްޑީޕީ ހިތަދޫ ދެކުނު ދާއިރާއިން ވެސް ގައުމީ ޕާޓީގެ އަމަލު ކުށްވެރިކޮށްފި

އިބްރާހީމް ރާމިޒް

އައްޑޫ ސިޓީ ކައުންސިލަކަށް ހެދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް ގައުމީ ޕާޓީން ހުރަސް އަޅާތީ އެކަން އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާއިން ވެސް ކުށްވެރިކޮށްފިއެވެ.
މިކަން ކުށްވެރިކޮށް އެދާއިރާއިން ނެރުނު ނޫސް ބަޔާނުގައި މުޅި އައްޑު އަތޮޅުގެ ރައްޔިތުންގެ ތަރައްޤީއާއި ކުރިއެރުން ވަނީ އައްޑޫ ސިޓީ ކައުންސިލާއި، އަދި އެކައުންސިލަށް ލިބޭ ބާރާއި އިޚްތިޔާރާއި ސީދާ ގުޅިފައި ކަމުގައި ބަޔާންކޮށް، ސިވިލް ކޯޓުން އައްޑޫ ސިޓީ ކައުންސިލް ބާތިލްކޮށް އިއްޔެ ހަވީރު ނެރެފައިވާ ހުކުމް އިސްތިއުނާފްކުރުމަށް ސަރުކާރަށް ގޮވާލާފައިވެއެވެ.
ހިތަދޫ ދެކުނު ދާއިރާގެ ނޫސް ބަޔާން ވިދާޅުވުމަށް މިލިންކަށް ފިއްތަވާލައްވާ