މައުމޫނު ލާމަރުކަޒީ ކުރަން ވާހަކަދެއްކެވި ނަމަވެސް އަޅުގަނޑުމެނަށް އޭރު ފެނުނު ލާމަރުކަޒީ އުސޫލުން ކުރެވެމުންދިޔަ ހަމައެކަނި ކަމަކީ ވެކްސިން ދިނުން ކަމުގައި ގަސަމް ވިދާޅުވެއްޖެ

އިބްރާހީމް ރާމިޒް

މައުމޫނު ލާމަރުކަޒީކުރަން ވާހަކަދެއްކެވި ނަމަވެސް ދިވެހިންނަށް އެވެރިކަމުގައި ފެނުނީ ހަމައެކަނި ލާމަރުކަޒީ އުސޫލުން ވެކްސިން ދެމުންދިޔަތަން ކަމުގައި ތިނަދޫ ދާއިރާގެ މެންބަރު މުހައްމަދު ގަސަމް ވިދާޅުވެއްޖެއެވެ.
ޑރ.ވަހީދުއްދީންގެ އެޓޮލްސް މިނިސްޓަރު ކަމުގައި އެމަނިކުފާނު ވެސް ލާމަރުކަޒީ އުސޫލުން ރާއްޖެ ހިންގަން ފެށުމަށް ވަރަށް ބޮޑަށް މަސައްކަތްކުރެއްވި ކަމަށާއި، އެހެން ނަމަވެސް މައުމޫނު އެމަނިކުފާނަށް އެފުރުސަތު ނުދެއްވީ ކަމުގައި ވެސް ގަސަމް ވިދާޅުވިއެވެ.
އެންމެ ފަހުން ވަހީދުއްދީ އެމިންސްޓްރި އެހެން މިނިސްޓްރީ އަކަށް ބަދަލުކޮށް ދެން އެމިންސްޓްރީ ހަވާލުވީ މިހާރު ޑީއާރްޕީގެ ލީޑަރު ތަސްމީނުއަލީއަށް ކަމަށާއި ނަަވެސް ތަސްމީނުއަށްވެސް އެކަމެއްނުކުރެވުނު ކަމަށާއި ނުކުރެވުނުކަމަށާއި ސަބަބަކީ ރައްޔިތުންނަށް އެބާރު ލިބިދޭން ބެނުންނުވާތީ ކަމަށް ގަސަމްވަނި ވިދާޅުވެފައެވެ.

އެހެން ކަމުން ގަސަމް ވިދާޅުވެފައިވަނީ ” ލޯކަލް ކައުންސިލް އިންތިހާބު ކުރުމަށްޓަކައި ވޯޓް ހޯދުމަށް ރަށްރަށް ދާން ޑީއާރުޕީ ލަދުގަންނަންޖެހޭނެ ” ކަމުގައެވެ.
ނަމަވެސް ގާނުނީ އަސާސީ ތެރެއިން ލާމަރުކަޒީ ކުރެވޭނެ ގޮތް ހެއްދެވީ އޭރުގެ އެމްޑީޕީ އަށް ނިސްބަތްވާ މަދުމިހުންގެ ގަދަ ހިތްވަރުންކަން ފަހަގަކުރެއްވިއެވެ.
ތިނަދޫގައި ބުރާސްފަތި ދުވަހުގެ ރޭ އެމްޑިޕީގެ ފަރާތުން ބޭއްވި ޖަލްސާގައި ޤަސަމް އިތުރަށް ވިދާޅުވީ ކައުންސިލަރުން އިންތިހާބުކުރި ނަމަވެސް ރަށްރަށުގެ ތަރައްގީއަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރަން ޖެހެނީ ސަރުކާރާއި ގުޅިގެން ކަމަށާއި އެހެން ކަމުން ކައުންސިލް އިންތިހާބު ކާމިޔާބު ނުވުމުން ސަރުކާރަށް އެއިން އެއްވެސް ގެއްލުމެއް ނުވާނޭކަމަށެެވެ.

” ކައުންސިލުން އިންތިހާބު ކުރިނަމަވެސް ރަށްރަށުގެ ތަރައްގީއަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއްކުރަން ޖެހެނީ ސަރުކާރާއި ގުޅިގެން. ކައުންސިލް އިންތިހާބު ކާމިޔާބު ނުވުމުން ސަރުކާރަށް އެއިން އެއްވެސް ގެއްލުމެއް ނުވާނެ. ހުރިހާ ގެއްލުމެއްވާނީ އެރަށެއްގައި ދިރިއުޅޭ ރައްޔިތުންނަށް ” ގަސަމް ވިދާޅުވިއެވެ.

މި ޖަލްސާގައި އެމްޑީޕީގެ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލަށާއި އަތޮޅުކައުންސިލަށް ކުރިމަތިލައްވާފައި ތިބި ބެފުޅުންގެ ނަންތަށް ތަޢާރަފްކޮށްއެރުވުން އޮތެވެ.