ސަރުކާރުން އައްޑޫ ސިޓީ ތަރައްޤީ ކުރުމަށް ރާވާފައިވާ މަސައްކަތަށް ހުރަސް ނޭޅުމަށް އެމްޑީޕީ ހިތަދޫ ދެކުނު ދާއިރާއިން ގޮވާލައިފި

އިބްރާހީމް ރާމިޒް

އައްޑޫ ސިޓީގައި ސާރކް ސަމިޓް ބާއްވަން ސަރުކާރުން ދައުލަތުގެ ބަޖެޓްގައި ފައިސާ ހިމެނުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން، ޚާއްސަކޮށް ޑިއާރުޕީއާއި ޕީއޭ އިން އެކަމަށް ހުރަސްއަޅަމުންދާތީ އެމްޑީޕީގެ ހިތަދޫ ދެކުނު ދާއިރާއިން އެކަން ހަރުކަށި އިބާރަތުން ކުށްވެރިކޮށްފިއެވެ.
މިކަން ކުށްވެރިކޮށް އެދާއިރާއިން ނެރުނު ނޫސްބަޔާނެއްގައި ދައުލަތުގެ ބަޖެޓުގައި ހިމަނުއްވައިގެން 2011 ވަނަ އަހަރު ސާރކް ސަމިޓް ބޭއްވުމަށް އައްޑޫ ސިޓީގައި ދަރުބާރުގެއެއް އެޅުމަށް ސަރުކާރުން ކުރާ މަސައްކަތް، ޑީއާރުޕީގެ ފަރާތުން އެޕާޓީގެ ނައިބު ލީޑަރު، ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދު އަދި ޕީޕަލްސް އެލަޔަންސްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު ދިއްގަރު ދާއިރާގެ މެންބަރު އަޙުމަދު ނާޒިމް ސީދާ އައްޑޫސިޓީގެ ތަރައްޤީއަށް ޓަކައި ސަރުކާރުން ކުރާ މި މުހިއްމު މި މަޝްރޫޢު ހުއްޓުވާލުމަށް ކުރަމުން ގެންދާ މަސައްކަތްތައް މި ދާއިރާގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ބަޔާންކޮށްފައިވެއެވެ.
މި ނޫސްބަޔާން ވިދާޅުވުމަށް މިލިންކަށް ފިއްތަވާލައްވާ