ރައީސުލްޖުމްހޫރިއްޔާ، މުލަކަތޮޅަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފަށްޓަވައިފި

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މުލަކަތޮޅަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ހެނދުނު ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، މެދު ޕްރޮވިންސްގެ ދަތުރުފަތުރުގެ ނިޒާމް އިފްތިތާޙްކޮށްދެއްވައި، މުލަކުގެ ފެރީ ޓާރމިނަލްގެ ބިންގާ އަޅުއްވައިދެއްވާނެއެވެ.

މުލަކަތޮޅުގެ 6 ރަށަކަށް ރައީސުލްޖުމްހޫރިއްޔާ މިކުރައްވާ ދަތުރުފުޅުގައި، ފުރަތަމަ ވަޑައިގަންނަވާނީ، އެއަތޮޅު މަޑުއްވަރިއަށެވެ.