ހިތަދޫ އަލީމާހިރު އެމްޑީޕީ އަށް ސޮއި ކުރައްވައިފި

އިބްރާހީމް ރާމިޒް

addu-mahir-joins-mdp-450-x-368

ރައްޔިތުންގެ ޚާއްސަ މަޖިލީހުގެ އައްޑުއަތޮޅުގެ މެމްބަރުކަން ކުރައްވާފައިވާ ސ.ހިތަދޫ ރަންގިރިޓީގެ އަލީމާހިރު އެމްޑީޕީ އަށް ސޮއި ކުރައްވައިފިއެވެ. މާހިރު ސޮއި ކުރެއްވީ މިދިޔަ ދުވަހުގެ ރޭ އައްޑޫ ސިޓީ ކައުންސިލްގެ ހިތަދޫ އުތުރު ދާއިރާ އަށް އެމްޑީޕީން ވާދަކުރައްވާ އަބްދުﷲ ސޯދިގް (ސޯބެ) ގެ ކެމްޕޭން އޮފީހުގައެވެ.
ހޯމަ ދުވަހުގެރޭ އޮތް މިރަސްމިއްޔާތުގައި ސޮއި ކުރެއްވުމަށް ފަހު މާހިރު ވިދާޅުވީ އެރޭ ސޮއި ކުރެއްވިނަމަވެސް ހިތާއި ރޫހުން އެމްޑީޕީ އަށް ތާއީދު ކުރާތާ ދުވަސް ތަކެއްވެއްޖެ ކަމަށެވެ. މާހިރު އަކީ ހިތަދޫގެ ގިނަ އަދަދެއްގެ ބައެއްގެ ލޯތްބާއި އިހުތިރާމް ލިބިލައްވާފައިވާ ފަރާތަކަށް ވާތީ އޭނާއާއެކީ ގިނައަދަދެއްގެ ބަޔަކު އެމްޑީޕީ އާ ގުޅޭނެކަމަށް ބެލެވޭ ކަމަށް އެމްޑީޕީ ހިތަދޫ އުތުރު ދާއިރާއިން މައުލޫމާތުދެއެވެ..