ރައީސުލްޖުމްހޫރިއްޔާ، ސަޢޫދީ ރަސްގެފާނަށް ތަހުނިޔާ ވިދާޅުވެއްޖެ

ސަޢޫދީ ޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ އާލާސްކަންފުޅެއްގައި އުޅުއްވާތީ ކުރެއްވި އޮޕަރޭޝަނެއް ކާމިޔާބުވުމާ ގުޅިގެން، ރަސްގެފާނު ޢަބްދުﷲ އަށް ތަހްނިޔާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މެސެޖެއް ފޮނުއްވައިފިއެވެ.

މި މެސެޖްގައި، ރަސްގެފާނު ޢަބްދުﷲ އަށް ފުރިހަމަ އަވަސް ޝިފާއަކަށް އެދިވަޑައިގެން، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ. އަދި ރަސްގެފާނު ޢަބްދުﷲ އަށް ފުރިހަމަ ޞިއްޙަތެއް ދެއްވުން އެދިވަޑައިގެން ދުޢާކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖްގައި ވިދާޅުވެފައިވެއެވެ.