ސަރަނގު އާދަމް މަނިކުގެ އިތުރު ޖަގަހައެއް މިރޭ ރައީސް ހުޅުއްވައިދެއްވާނެ

27 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ޓިކެޓް ގައި ލޯކަލް ކައުންސިލް އިންތިޚާބުގެ މާލެ ސިޓީ ކައުންސިލަށް މައްޗަން ގޮޅި ދެކުނު ދާއިރާއިން ކުރިމަތިލައްވާ (ސަރަނގު) އާދަމް މަނިކުގެ އިތުރު ޖަގަހައެއް މިރޭ ރައީސުލް ޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ހުޅުއްވައިދެއްވާނެއެވެ.
އަހުމަދިއްޔާ ސްކޫލުގެ ކުރިމަތިން މއ.ދިވިލި ގައި މިރޭ 9 ޖަހާއިރު ވެށިފަހި ޖަގަހައިގެ ނަމުގައި ހުޅުވާ މި ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތަށް ވީހާވެސް ގިނަ ބަޔަކު ހާޒިރުވެވަޑައިގެން ދެއްވުމަށް އެމްޑީޕީން އެދެއެވެ.
އެއް ގަޑި އިރަށް ދެމިގެންދާ މި ރަސްމިއްޔާތު އެމްއެންބިސީ ވަން އިން ލައިވް ކުރާ ގޮތަށް ވަނީ ހަމަޖެހިފައެވެ.