ލީޑަރާއި ޒައީމް މިއީ އެކައްޗެއް. އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެ – އަލްހާން

ހއ.ދިއްދޫ އިން އިބްރާހީމް ރާމިޒް

dsc_1217

ލީޑަރާއި ޒައީމް މި ދެ ނަމަކީ ވެސް އެއް މާނައެއްގައި ބޭނުން ކުރެވޭ ދެ ނަން ކަމަށާއި، އެހެން ކަމުން ޑީއާރުޕީގެ ލީޑަރުކަމުގައި ދެ ބޭފުޅުން ތިއްބަވާ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ފޭދޫ ދާއިރާގެ މެންބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
ރޭ މިރަށު އަތިރިމަތީގައި ހުންނަ ދެކުނު އަވަށު ސްޓޭޖްގައި ބޭއްވި އެމްޑީޕީގެ އާންމު ޖަލްސާ އެއް ގައި ވާހަކަދައްކަވަމުން އަލްހާން ވިދާޅުވީ، ” ޒައީމާއި ލީޑަރަކީ އެކައްޗެއް. އެއް އުރައެއްގައި ދެ ކަނޑިއަކަށް ނޯވެވޭނެ. ” ކަމަށެވެ. އަލްހާންގެ އިތުރުން މަޑަވެލި ދާއިރާގެ މެންބަރު ނާޒިމް ވެސް ވަނީ މިމޭރުމުން ވާހަކަދައްކަވާފައެވެ.
އަލްހާން މިރަށުގައި ރެ ދެއްކެވި ވާހަކައިގައި ޑީއާރުޕީއަށް ވަރަށް ބޮޑަށް ފާޑޫވިދާޅުވިއެވެ. އެގޮތުން ޑީއާރުޕީ މިހާރު ގެންގުޅޭ ފިކުރުގައި އެޕާޓީއަށް ދެން ވެރިކަމަކަށް ނާދެވޭނެ ކަމަށާއި، އެމްޑީޕީ ފިކުރުގެ އަހުލުވެރިންގެ އަތުން ދެން ވެރިކަން ބީވެގެން ނުދާނެ ކަމަށް ވިދާޅުވިއެވެ.
” ޑީއާރުޕީ އަކީ މާޒީ. އެމްޑީޕީ ފިކުރުގެ އަހުލުވެރިންނެއް ދުވަހަކުވެސް މާޒީއެއް ނުވާނެ. ލީޑަރޝިޕް ބަދަލުވެދާނެ. ރައީސް ބަދަލުވެދާނެ. އަޅުގަނޑު ރައީސް މައުމޫނަށް ދަންނަވާނީ ދެން ވެރިކަމާ ނޫޅުއްވާށޭ.” އަލްހާން ވިދާޅުވިއެވެ..
އަލްހާން އިތުރަށް ވިދާޅުވީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޖުމްހޫރީ ޕާޓީއާއި ޤައުމީ ޕާޓީން މިހާރުގެ ސަރުކާރުން ވަކިވީ އަމިއްލަ އެދުން ބޮޑު ކަމުން ކަމަށެވެ.،