ބ.އަތޮޅުގެ ފަސް ރަށަކަށް އެމްޑީޕީން އިއްޔެ ޒިޔާރަތްކޮށްފި


އިބްރާހީމް ރާމިޒް

އެމްޑީޕީގެ ޓިކެޓްގައި ލޯކަލް ކައުންސިލް އިންތިޚާބަށް ކުރިމަތިލައްވާ ކެންޑިޑޭޓުންނަށް ތާޢީދު ހޯދުމުގެ ގޮތުން ބ.އަތޮޅުގެ ފަސް ރަށަކަށް އިއްޔެ އެޕާޓީގެ ވަފްދެއް ޒިޔާރަތްކޮށްފިއެވެ.
އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ އާއި، އެޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން ކަމަށްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އަލްއުސްތާޛް އިމްތިޔާޒް ފަހުމީ އާއި ތުޅާދު ދާއިރާގެ މެންބަރު ނާޒިމް ރަޝާދުގެ އިތުރުން ކެމްޕެއިން ކޮމިޓީގެ ބައެއް މެންބަރުން ހިމެނިވަޑައިގަންނަވާ މި ވަފްދުގެ ބޭފުޅުން އިއްޔެ ބ.ކެންދޫ، ކުޑަރިކިލު، ކަމަދޫ، ކިހާދޫ، ދޮންފަނުގެ އިތުރުން ދަރަވަންދޫއަށް ވަޑައިގެން އެރަށްރަށުގެ އާންމު ރައްޔިތުންނާ ބައްދަލުކުރެއްވި ކަމަށާއި، މި ވަފްދަށް އެއަތޮޅުން ވަރަށް ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް އެވަފްދުގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީގެ ކެމްޕެއިން މީޑިއާ ކޯރޑިނޭޓަރ ފާތުމަތު ޝަހީދާ ވިދާޅުވިއެވެ.