21 ޑިސެމްބަރ 2010
އިބްރާހީމް ރާމިޒް
ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ފަރާތުން މާލެ ސިޓީ ކައުންސިލް ގައި ވާދަކުރައްވާ ހ. އިސްދޫ (މައިޒާން) އަލިމަނިކުގެ ކެމްޕެއިން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތު، މިރޭ މަސްވެރިންގެ ޕާކުގައި އޮންނާނޭ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެޕާޓީގެ ކެމްޕެއިން ކޮމިޓީން ހާމަކޮށްފައިވާ ގޮތުގައި މި ޖަގަހަ ހުޅުވާނީ ހ.މެރީ ސައިޑް ގައި މިރޭ 8.15 ގައެވެ. އަދި މިކަމާ ގުޅިގެން އޮންނަ ރަސްމިއްޔާތު އޮންނާނީ، އެ ޖަގަހައިގެ ކުރިމަތީގައި އޮންނަ މަސްވެރިންގެ ޕާކުގައެވެ.
މައިޒާން އަލިބެ މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވަނީ ހުޅުހެންވޭރު ދާއިރާއިންނެވެ.