ރޭ ވިލިމާފަންނުގައި އޮތް އެމްޑީޕީގެ ޚާއްޞަ ބައްދަލުވުން: މާޒީން ޢިބްރަތް ލިބިގަނެ، ހުރިހާ ކެނޑިޑޭޓުންނަށް ތާއީދުކުރުމާއެކު އިންތިޚާބު ކާމިޔާބުކުރުމަށް ރައީސް ހިތްވަރު ދެއްވައިފި

ޗެއާޕާސަން ވިދާޅުވީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދުމަށް މިއިންތިޚާބު ކޮންމެހެންވެސް ކާމިޔާބުކުރަން ޖެހޭނެކަމަށް

ޢަބްދުﷲ ޖުނައިދު

ހުރިހާ ކެނޑިޑޭޓުންނަށް ތާއީދުކުރުމަށާއި، މާޒީން ޢިބްރަތް ލިބިގަނެ މާލެ ސިޓީގެ ކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރުމަށް ރައީސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކެނޑިޑޭޓުންނަށް ހިތްވަރު ދެއްވައިފިއެވެ.
މާލެ ސިޓީ ކައުންސިލަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުން ތައާރަފްކޮށް، އެކެންޑިޑޭޓުންނަށް ތާޢީދު ހޯދުމަށް ރޭ ވިލިމާފަންނުގެ މުޙިއްޔުއްދީން ސްކޫލްގައި ބޭއްވި މިބައްދަލުވުމުގައި އިންތިޚާބު ކާމިޔާބުކުރުމުގެ މުހިއްމުކަމުގެ މައްޗަށް އަލިއަޅުއްވަމުން ޗެއާޕާސަން ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ރައްޔިތުންނަށް ގެނެސްދިނުމަށް ވަޢުދުވި ދިރިއުޅުން ލިބި ހަރުދަނާ ޑިމޮކްރެޓިކް ވެއްޓެއް މިރާއްޖޭގައި ޤާއިމް ކުރުމަށް މިކައުންސިލް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކުރަން ކޮންމެހެންވެސް އެބަޖެހޭ ކަމަށެވެ.
ފުރަތަމަ ފަހަރަށް މުޅީން އަލަށް ބާއްވާ ސިޓީ ކައުންސިލް އިންތިޚާބުގެ ކެމްޕޭނު ރަސްމީކޮށް ވިލިމާފަންނުގައި ކުރިޔަށްދިޔަ ކުލަޖެހުނު މިބައްދަލުވުމަކީ ޚާއްޞަ އަދި ތާރީޚީ ބައްދަލުވުމެކެވެ. ޕާޓީން ސިޓީ ކައުންސިލަށް ކުރިމަތިލެއްވި ސަރަނގު އާދަމް މަނިކު (މުނިސިޕަލްޓީގެ ރައީސް) ރާއްޖޭގައި ވަޑައިގެން ނޫޅުއްވާއިރު ޕާލިމެންޓަރީ ގްރޫޕްގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީއާއި މަޑަވެލި ދާއިރާގެ މެމްބަރު މުޙައްމަދު ނާޒިމް ރޭގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވި އެވެ. ވިލިމާފަންނު ދާއިރާގެ ކެނޑިޑޭޓް އަރްޙަމް ޙުސައިނަށް އެދާއިރާގެ ފުރިހަމަ ތާއީދު ލިބޭނެ ކަމަށާއި އަރްހަމަކީ ހިންގޭނެ ގާބިލު މީހެއް ކަމަށް އިންތި ފާހަގަކުރެއްވިއެވެ.
މިކެމްޕޭނުގެ ސްޕޯކްސް ޕާސަން ޑރ. ޝަހީދުގެ އިތުރުން ޑރ. މުޞްޠަފާ ލުޠުފީއާއި ޑރ ޑީޑީވެސް ވާހަކަފުޅު ދެއްކެވި އެވެ.