އަނެއް ދިވެހި ރާއްޖެ ރަށަށް ކެމްޕެއިން: އާނުގެ ކެމްޕެއިން ބައްދަލުވުމެއް ބާއްވައިފި

20 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

aaanu-campaign-2

މާފަންނު ދެކުނު ދާއިރާ ގެ އެމް.ޑީ.ޕީ ކެންޑިޑޭޓް މުޙައްމަދު އައިމަން އިސްމާއިލް (އާނު)، އެ ދާއިރާގެ އެމް.ޑީ.ޕީ އިސް ހަރަކާތްތެރިންނާއި ހޮނިހިރު ދުވަހުގެރޭ، އާނު ކެމްޕެއިން އޮފީސް (މ.ސީޑް) ގައި ބައްދަލުކުރައްވައިފިއެވެ.
މިބައްދަލުކުރެއްވުމުގައި މާލޭ ސިޓީ ކައުންސިލަށް އައިމަން ނުކުތުމަށް ކުރަންޖެހޭ އިދާރީ އެންމެހާ މަސައްކަތްތައްކޮށް ނިމިފައިވާކަމަށާއި ގޭބިސީތަކަށް ވަނުމަށް ނިންމިފައިވަނީ އިލެކްޝަންސް ކޮމިޝަނުން އިންތިޚާބަށް ކުރިމަތިލި ކެންޑިޑޭޓުން އިޢުލާންކުރުމަށްފަހުގައި ކަމަށް ހާމަކުރިއެވެ. އަދި އައިމަންގެ ކެމްޕެއިން ގައި މިހާތަނަށް ކުރެވިފައިހުރި މަސައްކަތުގެ ތަފްސީލް ދާއިރާގެ މެމްބަރުންނަށް ހާމަކޮށްދީ އަދި އެބޭފުޅުންނަށް ދާއިރާގެ ގޭބިސީތައް ހިމެނޭ އެކިއެކި ކޮށިތައް ހަވާލުކޮށްފައިވެއެވެ.
މިބައްދަލުވުމުގައި އެމް.ޑީ.ޕީ އުފެއްދުމުގައި ވަރަށް އިސްކޮށް ހަރަކާތްތެރިވި އިސް ހަރަކާތްތެރިއެއް ކަމަށްވާ މާފަންނު އޮޅުގިރި މުޙައްމަދު ޔޫސުފް (އެޗޭ) އަލުން އެމް.ޑީ.ޕީ އާއި ގުޅިވަޑައިގެންނެވި. މުޙައްމަދު ޔޫސުފްއަކީ އެމް.ޑީ.ޕީ ދޫކޮށް ސޯޝަލް ލިބަރަލް ޕާޓީ އުފެއްދުމަށް އެމް.ޑީ.ޕީގެ ފުރަތަމަ ރައީސް އިބްރާހިމް އިސްމާއިލްގެ ފަހަތްޕުޅުގައި އުޅުއްވުމަށްފަހު ފަހުން ޖުމްހޫރީ ޕާޓީގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅެކެވެ.
ނަމަވެސް މި ބައްދަލުވުމުގައި ދާއިރާގެ މެމްބަރުންގެ އެއްބައިވަންތަކަމުގެ ރޫހު ފެނި، މުހައްމަދު ޔޫސުފް (އެޗޭ) އަލުން އެބުރި އެމް.ޑީ.ޕީ އާއި ގުޅިވަޑައިގެންނެވީ ކަމަށް މުޙައްމަދު ޔޫސުފް ބުނެއެވެ.