އެމް.ޑީ.ޕީއަށް ތާއީދު ހޯދުމަށް މަސައްކަތްކުރުމަށް ބީރާފަންނާ ކެމްޕެއިން ޖަގަހައިގެ ނަމުގައި ހޯނޑެއްދޫގައި ޖަގަހައެއް ހުޅުވައިފި

19 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

އެމްޑީޕީ މަޑަވެލި ދާއިރާގެ ސެކްރެޓަރީގެ ނައިބު މުޙައްމަދު ހަމީދާއި، ހޯނޑެއްދޫ ކައުންސިލަރ އަޔާޒް ބީރާފަންނާ ޖަގަހަ ހުޅުއްވައިދެއްވަނީ... ފޮޓޯ: މުއާޒް (މޯލާ)
އެމްޑީޕީ މަޑަވެލި ދާއިރާގެ ސެކްރެޓަރީގެ ނައިބު މުޙައްމަދު ހަމީދާއި، ހޯނޑެއްދޫ ކައުންސިލަރ އަޔާޒް ބީރާފަންނާ ޖަގަހަ ހުޅުއްވައިދެއްވަނީ... ފޮޓޯ: މުއާޒް (މޯލާ)

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބްގައި އެމް.ޑީ.ޕީއަށް ތާއިދު ހޯދުމަށް މަސައްކަތްކުރުމަށް ބީރާފަންނާ ކެމްޕެއިން ޖަގަހައިގެ ނަމުގައި މަތިދެކުނު ޕްރޮވިންސް ގދ. ހޯނޑެއްދޫގައި ހުކުރު ދުވަހުގެރޭ ޖަގަހެއް ހުޅުވައިފިއެވެ.
މިޖަގަހަ ހުޅުވައިދެއްވީ އެމް.ޑީޕީ މަޑަވެލި ދާއިރާގެ ސެކެޓްރީގެ ނާއިބް މުޚައްމަދު ހަމީދުއެވެ. ޖަގަހަ ހުޅުވައިދެއްވުމަށް ފަހު ހަމީދުގެ ދެއްކެވި ވާހަކައިގައި މިޖަގަހަ ހުޅުވިގެން ދިއުމަކީ ކެމްޕެއިނަށް ލިބުނު އިތުރު ކުރިއެރުމެއްކަން ފާހަގަކޮށް ޖޯޝާއިއެކު ކެމްޕެއިންކުރުމަށް މެންބަރުންނަށް ގޮވާލެއްވިއެވެ. އެމް.ޑީ.ޕީ އަޕާރ ސައުތު އިންޝިއޭޓިވް ގޮފިން އިސްނަގައިގެން ބޭއްވި މިޖަގަހަ ހުޅުވުމުގެ ޖަލްސާގައި ހޯނޑެއްދޫ ރަށުކައުންސިލަށް އެމް.ޑީ.ޕީ ޓިކެޓްގައި ވާދަކުރާ ކެންޑިޑޭޓުން ވާހަކަފުޅުދެއްކެވިއެވެ. އެބޭފުޅުންގެ ވާހަކައިގައި މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު ގޮސްފައިވާ ހިސާބާއި، މި އިންތިޚާބް އެމް.ޑީޕީއަށް ކާމިޔާބުކުރުމުގެ މުހިންމުކަމާއި ބެހޭގޮތުން ވާހަކަދެއްކެވިއެވެ. އަދި ރަށުކައުންސިލްގެ ޤާނޫނީ ހައިސިއްޔަތާއި ދައުރު އަދާކުރުމަށް އެކަށޭނަ ބޭފުޅުން މިނެކިރައި އެމް.ޑިޕީ ކެންޑިޑޭޓުންނަށް ވޯޓް ދެއްވުމަށް ގޮވައިލެއްވިއެވެ.
މީގެ އިތުރުން ގޮފިތަކުގެ ރައީސުންނާއި އާންމު މެންބަރުންވެސް މިޖަލްސާގައި ވާހަކަދެއްކެވިއެވެ. މިއީ ހޯނޑެއްދޫގައި ހިމެނޭ އެމް.ޑީ.ޕީ ގޮފިތަކުން ކޮންމެ ހުކުރު ދުވަހެއްގެ ރޭ ފްރައިޑޭ ނައިޓް ސިލްސިލާގެ ނަމުގައި ބޭއްވަމުން އަންނަ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ދެވަނަ ޖަލްސާއެވެ.