ވޯޓުލުމަށް ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ފުރައިދިނުމުގެ މަސައްކަތް އެމްޑީޕީ ހަރުގޭގައި ފަށައިފި

17 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

އެމީހަކު ރަށްވެހިވެފައިވާ ރަށް ނޫން އެހެން ރަށެއްގައި ވޯޓުލުމަށްޓަކައި ރަޖިސްޓްރީ ވުމަށް އެދޭ ފޯމު ފުރުމުގެ މަސައްކަތް އެމްޑީޕީން އެޕާޓީގެ ހަރުގޭގައި ފަށައިފިއެވެ.
އިއްޔެ ހަވީރު 4.30 ގައި ފެށި މިމަސައްކަތް ވަރަށް ފޯރިއާއެކު ކުރިޔަށް ދިޔަ ކަމަށާއި، މިއީ ވަކި އެމްޑީޕީ މީހުންނަށް އެކަނި އޮތް ފުރުސަތެއް ނޫން ކަމަށާއި، އެހެން ކަމުން މާލޭގައި ދިރިއުޅޭ އަތޮޅުތަކުގެ ރައްޔިތުންގެ ތެރެއިން ވީހާވެސް ގިނަ ބަޔަކު އެމްޑީޕީ ހަރުގެއަށް ވަޑައިގެން މި ފޯމު ފުރުމަކީ އެޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށް އެމްޑީޕީން ބުނެއެވެ.
އެމްޑީޕީގެ ކެމްޕެއިން ކޮމިޓީގެ ފަރާތުން މި ވެބްސައިޓަށް މަޢުލޫމާތު ދެއްވަމުން އެ ކޮމިޓީގެ މީޑިއާ ކޯރޑިނޭޓަރ ވިދާޅުވީ އެމްޑީޕީން މި ޙަރަކާތް ހިންގުމުގެ ބޭނުމަކީ ވީހާވެސް ގިނަ ބަޔަކު ވޯޓުލުމުގައި ބައިވެރިކުރުމަށް މަގުފަހި ކޮށްދިނުން ކަމަށާއި، މިކަން ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވޭނޭ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.