ލޯކަލް ކައުންސިލްއަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީ ގައްދޫ ދާއިރާއިން ޚާއްސަ ޖަލްސާއެއް ބާއްވަނީ

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން އެމްޑީޕީ ގައްދޫ ދާއިރާއިން މާދަމާރޭ ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް އެދާއިރާއިން ހާމަކޮށްފިއެވެ.
މާދަމާރޭ 9.00 ގައި ނަސަންދުރާގައި ބާއްވާ މި ޖަލްސާ އަކީ ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ކެންޑިޑޭޓުން ތައާރަފްކޮށް، އެކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް އެމްޑީޕީ ގައްދޫ ދާއިރާއިން އިންތިޒާމްކޮށްގެން ބާއްވާ ޚާއްސަ ޖަލްސާއެކެވެ.