ދަންނަވާލުމެއް

ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން މެޓީރިއަލްސް އާއި ބެހޭ

mdp-logo2

ކުރިޔަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި އެމްޑީޕީ ޓިކެޓުގައި ދާއިރާތަކާއި ރަށުކައުންސިލަށް ކުރިމަތިލާ ހުރިހާ ކެނޑިޑޭޓުންގެ ފޮޓޯ ޕާޓީއޮފީހަށް ލިބިފައި ނުވާތީ، ޕޯސްޓަރުތަކުގައި ޖަހާލެވޭނެ ކަހަލަ ފޮޓޯއެއް އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ފޮނުއްވުން އެދެމެވެ.

އަދި ދަންނަވަމެވެ. ކެމްޕޭނު ރަސްމީކޮށް ލޯންޗްކުރި ރޭގެ މަންޒަރުތައް (ޚާއްޞަކޮށް ކެނޑިޑޭޓުން އަތާއި އަތްގުޅާލި މަންޒަރުތައް) ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ އަކީ ހުރި ބޭފުޅުން އެވީޑިއޯއާއި ފޮޓޯތައްވެސް ފޮނުއްވައިދެއްވުން އެދެމެވެ. އެއީ ކެމްޕޭނު މެޓީރިއަލްތައް ތައްޔާރުކުރުމުގައި މިތަކެތީގެ މިހިއްމުކަން ބޮޑުވުމުންނެވެ.

ފޮޓޯއާއި ވީޑިއޯ އީމެއިލް ކުރާނެ އެޑްރެސް : junaeyd@gmail.com
މޯބައިލް ފޯނުންނަމަ ފޮނުއްވާނީ : 7710209

ވީޑިއޯއާއި ފޮޓޯ ފޮނުއްވާއިރު އެއީ ކޮން ރަށެއްކަމާއި ދާއިރާ އެނގޭނެ ގޮތަށް ފޮނުއްވުމަށް ސަމާލުކަން ދެއްވުންއެދެމެވެ.

ޝުކުރިއްޔާ

15 ޑިސެމްބަރ 2010