މި ހަފްތާ ބަންދުގައި އައްޑޫ ސިޓީ އަދި ފުވައްމުލަކުގައި އެމްޑީޕީގެ ޖަލްސާތައް ބާއްވަނީ

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ޖަލްސާތަކެއް މި ހަފްތާ ބަންދުގައި ދެކުނު ޕްރޮވިންސްގައި ބާއްވާ ގޮތަށް އެޕާޓީން ހަމަޖައްސައިފިއެވެ.
އެގޮތުން މިއަންނަ ބުރާސްފަތި ދުވަހުގެރޭ (މާދަމާރޭ) ޖަލްސާ އޮންނާނީ އައްޑޫ ސިޓީގެ ހިތަދޫ މުޙިއްބުއްދީން ސްކޫލުގައެވެ. ހުކުރު ދުވަހުގެރޭ ޖަލްސާ އޮންނާނީ ފުވައްމުލަކު އަތޮޅު ތަޢުލީމީ މަރުކަޒުގައެވެ.
މި 2 ޖަލްސާ އަކީ އައްޑޫ ސިޓީ ކައުންސިލަށް އެމްޑީޕީގެ ޓިކެޓްގައި ކުރިމަތިލައްވާފައިވާ 6 ބޭފުޅުންނާއި، ފުވައްމުލަކު ރަށު ކައުންސިލާއި، އަތޮޅު ކައުންސިލަށް އެމްޑީޕީގެ ޓިކެޓް ގައި ކުރިމަތިލައްވާފައިވާ 30 ކެންޑިޑޭޓުން ތަޢާރަފްކޮށް އެރުވުމުގެ ގޮތުން ބާއްވާ 2 ޖަލްސާއެވެ.
މި ޖަލްސާތަކުގައި އެމްޑީޕީގެ ޗެއަރޕާސަން އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީގެ އިތުރުން ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.