އެމްޑީޕީން މިރޭ ވިލިމާލޭގައި ބާއްވަން ހަމަ ޖެއްސި ޖަލްސާ ކެންސަލްކޮށްފި

14 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ން މިރޭ ވިލިމާލޭގައި ބާއްވަން ހަމަޖެއްސި ޖަލްސާ ކެންސަލްކޮށްފިއެވެ.
މި ޖަލްސާ ކެންސަލްކޮށްފައިވަނީ ރާއްޖޭގެ ޤައުމީ ކްރިކެޓް ޓީމް އޭސީސީ ޓްރޮފީ ޗެލެންޖްގެ ޗެމްޕިއަންކަން ހޯދުމަށްފަހު މިރޭ މާލެ އަންނާތީ، އެޓީމަށް މަރުހަބާ ދެންނެވުމަށް ހިންގާ ޤައުމީ ހަރަކާތްތަކުގައި އެމްޑީޕީން ބައިވެރިވުމުގެ ގޮތުންނެވެ.
މިރޭ ޤައުމީ ކްރިކެޓް ޓީމަށް ރަތް ދުލައިގެ މަރުހަބާ އެއް ކިޔުމަށް ސަރުކާރުން ވަނީ ހަމަ ޖައްސާފައެވެ.