12 ޑިސެމްބަރ 2010
އިބްރާހީމް ރާމިޒް
ހޯނޑެއްދޫ ކައުންސިލަށް އެމް.ޑީޕީ ޓިކެޓުގައި ޥާދަކުރާ ކެންޑިޑޭޓުން އެރަށުގައި ޚާއްސަ ޖަލްސާއެއް ބާއްވައިފިއެވެ. ކެމްޕެއިން ރަސްމީކޮށް ފެށުމަށް ފަހު ފުރަތަމަ ބޭއްވި މިޖަލްސާގައި މިހާރު އެރަށުގައިތިއްބެވި 4 ކެންޑިޑޭޓުން ވާހަކަދެއްކެވިއެވެ. ކެންޑިޑޭޓުންގެ ވާހަކަގައި ރަށުކައުންސިލް އިންތިޚާބް އެމް.ޑީޕީއަށް ކާމިޔާބުކުރުމުގެ މުހިންމުކަމާއި ބެހޭގޮތުންނާއި، ޝަރުއީ ނިޒާމްގެ ކަންތައް މިހާރު ގޮސްފައިވާ މިންވަރާއި ބެހޭގޮތުން ވާހަކަދެއްކެވިއެވެ.
ބައިނަލް އަގުވާމީ އިންސާނީ ހައްޣުތަކާއި ބެހޭ ދުވަހުގެ ރޭ ބޭއްވި މިޖަލްސާގައި ރާއްޖޭގެ އިންސާނީ ހާލަތުގޮސްފައިވާ މިންވަރާއި ޑިމޮކުރެޓިކް ނިޒާމެއް ގާއިމްކުރުމަށް އެމް.ޑީޕީން ކުރި މަސައްކަތަކީ ރާއްޖޭގެ އިންސާނީ ކަރާމާތާއި ރައްކާތެރިކަމެއް ލިބުނުކަމެއް ކަމަށްވެސް އެބޭފުޅުންގެ ވާހަކާގައި އަލިއަޅުވާލިއެވެ. މި ޖަލްސާގައި ކެންޑިޑޭޓުންގެ އިތުރުން ގޮފިތަކުގެ ރައީސުންނާއި އާންމު މެންބަރުން އަދި މަޑަވެލި ދާއިރާގެ އިންތިޒާމް ސެކެޓްރީ ވާހަކަދެއްކެވިއެވެ.
މީގެ އިތުރުން ހޯނޑެއްދޫ ތައުލީމީ ދާއިރާއަށް ގިނަދުވަހު ޚިދުމަތްކުރެއްވި ބޭފުޅެއްކަމަށްވާ އަލީ ޒާހިރު އަދި ހޯނޑެއްދޫގެ އެހެނިހެން ފަރާތްތަކުން އެމް.ޑީޕީއަށް ސޮއިކުރުން އޮތެވެ.