އެމްޑީޕީގެ ޚާއްސަ ޖަލްސާއެއް މިރޭ ހަރުގޭގައި އޮންނާނެ

9 ޑިސެމްބަރ 2010

ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް (ޕާޓީ އެމްޑީޕީ)ގެ ފަރާތުން ބާއްވާ ޚާއްސަ ޖަލްސާއެއް މިރޭ އެޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
ލޯކަލް ކައުންސިލް އިންތިޚާބަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރައްވާ ފަރާތްތައް ތައާރަފްކޮށް އެރުވުމަށް ބާއްވާ މި ޚާއްސަ ޖަލްސާ ފެށޭނީ މިރޭ 9 ޖަހާއިރު އެވެ. މި ޖަލްސާއަށް އެމްޑީޕީގެ މެންބަރުންނާއި، އެޕާޓީއަށް ސަޕޯޓްކުރައްވާ ފަރާތްތަކާއި، ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ބައިވެރިވެވަޑައިގެން ދެއްވުމަށް އެމްޑީޕީން އެދެއެވެ.
މި ޖަލްސާ ހިނގަމުންދާއިރު، ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީގެ ސީދާ ކެމްޕެއިން ފެށުމުގެ ގޮތުން އެމްޑީޕީން ބާއްވާ ރަސްމީ ޖަލްސާ ލ.ގަމު ޤަޠަރު އަމީރު ސްކޫލުގައި ހިނގަމުންދާނެއެވެ.
ގަމުގައި ބާއްވާ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އާއި، އެމްޑީޕީގެ ޗެއަރ ޕާސަން އާއި، އެ ޕާޓީގެ ނައިބު ރައީސް އަދި ޕާލަމެންޓްރީ ގްރޫޕްގެ ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.،