ތަހުނިޔާ ދެންނެވުން: ހިޖުރީ އާ އަހަރުގެ ތަހުނިޔާ

mdp

މިއަދު މި ފެށުނު ހިޖުރީ އާ އަހަރުގެ ތަހުނިޔާއާއި މުބާރިކް ބާދީ އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ޕާޓީގެ ކޮމިޓީތަކުގެ މެންބަރުންނަށާއި، ދާއިރާތަކުގެ ހިންގާ ކޮމިޓީގެ މެންބަރުންނަށާއި، އަންހެނުންގެ އިންތިޤާލީ ރޫހުގެ މެންބަރުންނަށާއި، ޤައުމީ މަޖިލީހުގެ މެންބަރުންނަށާއި، އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ރައީސް މޫސާމަނިކަށާއި، އެގްރޫޕްގެ މެންބަރުންނަށާއި، ޕާޓީގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޝާހު އާއި، ނައިބު ރައީސް އިބްރާހީމް ޙުސައިން ޒަކީއާއި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ ދެކަނބަލުންގެ އިތުރުން ދިވެހި އެންމެހާ ލޮބުވެތި އަޚުންނާއި އުޚުތުންނަށް އެމްޑީޕީގެ ނަމުގައާއި އަޅުގަނޑުގެ އަމިއްލަ ނަމުގައި އަރިސްކުރަމެވެ.
އަޅުގަނޑުމެންގެ އުއްމީދަކީ މި ހިޖުރީ އާ އަހަރަކީ ދިވެހި އެންމެހާ އަޚުންނާއި އުޚުތުންނަށް އުފަލާއި، ތަނަވަސްކަމާއި، ހިތްހަމަޖެހުމާއި ބާއްޖަވެރިކަމުން ފުރިގެންވާ އަހަރަކަށް ވުމެވެ. ދިވެހި ޤައުމަށް އަދަށް ވުރެ މާ ފަހި މާދަމާއެއް ދެއްވުމެވެ.

މާރިޔާ އަޙުމަދު ދީދީ
ޗެއަރޕާސަން