2 ޑިސެމްބަރ 2010
އިބްރާހީމް ރާމިޒް
އެމް.ޑީ.ޕީ ޕްރައިމަރީ ގައި މާފަންނު ދެކުނު ދާއިރާއިން ވާދަކުރެއްވި މުހައްމަދު އައިމަން އިސްމާއިލް (އާނު) ގެ ކެމްޕެއިން އޮފީސް (މ. ސީޑް) ރޭ ދަންވަރުގެ ވަގުތެއްގައި ބަޔަކު ފަޅާލައިފިއެވެ.
އާނު ކެމްޕެއިން އޮފީހުގެ ބޭރު ދޮރު ހަލާކުކޮށްލައި، ކުޑަ ދޮރެއްމަތާލާ ތަންޑު ބިއްދާލުމަށްފަހު ކުޑަދޮރަކުން އެތެރެއަށް ވަދެ އޮފީހުގައި ބޭނުންކުރާ މޮބައިލް ފޯނަކާއި، އިންޓަރނެޓް މޯޑަމް އަކާއި، އަދި ފައިސާވެސް ވަނީ ވަގަށް ނަގާފައެވެ.
މޯލްޑިވްސް ޕޮލިސް ސަރވިސް އިން މިމައްސަލަ މިހާރު ތަޙްޤީޤްކުރަމުންދާ ކަމަށް އާނު ކެމްޕެއިން އޮފީހުން މައުލޫމާތު ދެއެވެ.
އާނު ކެމްޕެއިން އޮފީސް މިފަޅާލީ އެ ކެޕެއިން އޮފީހުން އިންތިޒާމްކޮށްގެން މާދަމާރޭ 9 ޖަހާއިރު، ޔޫ.އެން ޕާކް (ބޮނޑި ބަތް ޕާކް) މަޖީދީމަގު ސޯސަން ސްޓޯރ ކުރިމަތީ ގައި ބޮނޑި ބަތް ޖާފަތެއް ދިނުމަށް ތައްޔާރު ވަމުން ދަނިކޮށެވެ. އެހެން ނަމަވެސް މި އިވެންޓް ކުރިން ވެސް ރޭވިފައިވާ ގޮތަށް ކުރިޔަށްދާނޭ ކަމަށް އެ އޮފީހުން ބުނެއެވެ.