ހޯނޑެއްދޫ ކައުންސިލަށް އެމް.ޑީޕީ ޓިކެޓުގައި ޥާދަކުރާ ކެންޑިޑޭޓުންނާއިއެކު ބައްދަލުވުމެއް ބާއްވައިފި

2 ޑިސެމްބަރ 2010

އިބްރާހީމް ރާމިޒް

gofi-meeting-hoandedhdhoo1

މަޑަވެލި ދާއިރާގެ ހިންގާ ކޮމެޓީން އިސްނަގައިގެން ހޯނޑެއްދޫގެ ގޮފިތަކުގެ ރައީސުންނާއި ހޯނޑެއްދޫ ކައުންސިލަށް އެމް.ޑީޕީ ޓިކެޓުގައި ޥާދަކުރާ ކެންޑިޑޭޓުންނާއިއެކު ބައްދަލުވުމެއް ބާއްވައިފިއެވެ.
މިބައްދަލުވުމުގައި ހޯނޑެއްދޫ ކައުންސިލަށް އެމް.ޑީޕީ ޓިކެޓުގައި ޥާދަކުރާ ކެންޑިޑޭޓުންގެ ކެމްޕެއިން ލޯންޗްކުރާނެ ދުވަހެއްކަނޑައެޅުމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ކެމްޕެއިން ލޯންޗްކުރުމަށް ވާންޖެހޭތައްޔާރީތައްވުމަށް ހެޔޮއެދޭފަރާތްތަކާއި އާންމު މެންބަރުން އަތުން ޗަންދާ ނެގުމަށް ނިންމިއެވެ. މީގެ އިތުރުން ވޯޓާރސް ރަޖިސްޓްރީ ޗެކްކުރުމަށް ކޮންމެ ކެންޑިޑޭޓަކަށް ވޯޓްލެވޭ މީހުންގެ ލިސްޓެއް ހަވާލުކުރެވުނެވެ. އަދި ޕާޓީގެ މެންބަރުންގެ ތެރޭގައިތިބި އައިޑީ ކާޑުގެ މުއްދަތު ހަމަވެފައިތިބި މީހުން ބަލައި އައިޑީ ކާޑް އާކުރުމަށް ބާރުއަޅައި މަސައްކަތްކޮދިނުމަށް ގޮފިތަކުގެ ރައީސުންނާއި ހަވާލުކުރެވުނެވެ.
ރޭބޭއްވި މިބައްދަލުވުމުގެ ރިޔާސަރު ބެލެހެއްޓެވީ މަޑަވެލި ދާއިރާގެ ސެކެރެޓަރީ މުއާޒު މުޙައްމަދެވެ.