ލޯކަލް ކައުންސިލް އިންތިޚާބު: ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

30 ނޮވެމްބަރ 2010

އިބްރާހީމް ރާމިޒް

vote1

މިއަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ވޯޓުލުމުހެ ޙައްޤުލިބިފައިވާ މީހުންގެ ރަޖިސްޓްރީއާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށް އިލެކްޗަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
އެކޮމިޝަނުން އިއްޔެ ނެރުނު އިއުލާނެއްގައިވާ ގޮތުން މުއްދަތު އިތުރުކުރަން ޖެހުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން މި ރަޖިސްޓްރީ ސަރުކާރުގެ ގެޒެޓްގައި ޝާޢިއުކުރެވިފައިވަނީ ކަނޑައެޅިފައިވާ ތާރީޚަށްވުރެ ފަހުން ކަމަށްވާތީއެވެ.
މި އިޢުލާންގައިވާ ގޮތުން ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓްރިއާ ގުޅިގެން އިލެކްޝަންސް ކޮމިޝަނަށް ޝަކުވާ ހުށަހެޅުމުގެ ސުންގަޑިއަކީ 2010 ދިސެމްބަރ މަހުގެ 9 ވަނަ ދުވަހުގެ 16.00 އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ފަރާތްތަކުގެ ލިސްޓް އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓް (www.elections.gov.mv) ގައްޔާއި، އަތޮޅު އޮފީސްތަކުގައްޔާއި، ރަށު އޮފީސްތަކުގައި ފެންނަން ހުންނާނޭ ކަމަށް ކަމަށާއި، މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނުގެ ހިލޭ ގުޅޭ ނަންބަރު 14141 އަށް ގުޅައިގެންނާއި އެސްއެމްއެސް ފޮނުވައިގެން ވެސް ލިސްޓްގައިވާ އެންމެ ފަހުގެ މަޢުލޫމާތު ޗެކްކުރެވޭނޭ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.
މި ރަޖިސްޓްރީ އާއި ގުޅިގެން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ ލޯކަލް ކައުންސިލް އިންތިޚާބުތަކުގެ ފޯމުންނެވެ.