ރައީސުލްޖުމްހޫރިއްޔާ، ޔޫރަޕިއަން ކޮމިޝަންގެ ޑިރެކްޓަރ ފޮރ އޭޝިއާ އެންޑް ސެންޓްރަލް އޭޝިޔާއާ ބައްދަލުކުރައްވައިފި

28 ނޮވެމްބަރ 2010

112

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ޔޫރަޕިއަން ކޮމިޝަންގެ ޑިރެކްޓަރ ފޮރ އޭޝިޔާ އެންޑް ސެންޓްރަލް އޭޝިޔާ މިސްޓަރ ޑަރކް މެގަންކާ މިއަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށްޓަކައި އެހީވުމަށް މި ފަންޑުގެ ދަށުން އެކުލަވާލެވިފައިވާ އެކިއެކި މަޝްރޫޢުތައް ރާއްޖޭގައި ހިންގާނެގޮތްތަކާ ބެހޭގޮތުންނެވެ. ޚާއްސަގޮތެއްގައި ތަރައްޤީގެ މަސައްކަތްތަކުގައި ވީހާވެސް މަދުން ކާބަން ބޭނުންކުރާނެ ގޮތްތަކަށާއި، މޫސުމަށް އަންނަ ބަދަލުތަކުން އަސަރުނުކުރާނެފަދަ އިޤްތިޞާދެއް އުފެއްދުންފަދަ ކަންކަމަށް ފައިސާ ހޯދާނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.