25 ނޮވެމްބަރ 2010
ޢަބްދުﷲ ޖުނައިދު
ލޯކަލް ކައުންސިލް އިންތިޚާބުގެ އެމްޑީޕީ ޕްރައިމަރީއެއް މާދަމާ ފ. މަގޫދޫ ގައި އޮންނާނެ އެވެ.މެންދުރު ފަހު 2 ކުން ހަވީރު 5 ޖެހުމާ ހަމަޔަށް ކުރިޔަށްދާ މިޕްރައިމަރީގައި ވޯޓުފޮށި ބަހައްޓާނީ އެރަށުގައި އެކަންޏެވެ.
ދާއިރާގެ ހިންގާ ކޮމިޓީން މަޢުލޫމާތު ދެއްވި ގޮތުގައި މާލޭގައި ފޮށި ނުބަހައްޓަނީ ޗުއްޓީ ދުވަސްވަރުކަމުން މާލޭގައި ތިއްބެވި މެމްބަރުންތައްވެސް މިހާރު މަގޫދޫގައި ތިބުމާއެކު އެވެ.
ކުރިން ޕްރައިމަރީއެއް ބޭއްވުމަށް ނިމިފައިނުވާ މަގޫދޫ ޕްރައިމަރީއަކާ ހަމަޔަށް ދިޔައީ ގިނަބަޔަކު މިއިންތިޚާބުގައި ޕާޓީ ޓިކެޓުގައި ނުކުންނަން ޝައުގުވެރިވެފައި ވާތީއެވެ. މަގޫދޫއިން ޕްރައިމަރީގައި 8 ކެނޑިޑޭޓުން ނުކުމެއެވެ.