އެމްޑީޕީގެ ވަރަށް ޚާއްޞަ ޖަލްސާއެއް މިރޭ އާޓިފިޝަލް ބީޗުގައި

28 ފެބްރުއްރީ 2010

ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ވަރަށް ޚާއްޞަ ޖަލްސާއެއް މިރޭ، 28 ފެބްރުއަރީ 2010 ވާ އާދީއްތަ ދުވަހުގެރޭ 9.00 ގައި އާޓިފިޝަލް ބީޗުގައި އޮންނާނެއެވެ. މި ޖަލްސާގައި ރާއްޖޭގެ އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
މިޖަލްސާއަކީ ރާއްޖޭގައި މިވަގުތު އޮތް އެންމެ ބޮޑު ސިޔާސީ ޕާޓީއަށް އެމްޑީޕީ ވުމާއި ބައެއް މުހިއްމު އެހެންކާމިޔާބީތައް ފާހަގަކުރުމަށް ބާއްވާ ޖަލްސާ އެކެވެ.
ވީމާ މި ޚާއްސަ ޖަލްސާއަށް އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި ޕާޓީއަށް ހެޔޮއެދި ވަޑައިގަންނަވާ ވީހާވެސް ގިނަ ބަޔަކު ހާޒިރުވެވަޑައިގެން ދެއްވުމަކީ މިޕާޓީގެ ވަރަށް ބޮޑުއެދުމެކެވެ.